ފައިނަލްގައި މިފަހަރުވެސް ދެ އަވައްޓެރިން

DSCN3041.jpg

11 ޑިސެމްބަރ2016 - ކިހާދޫ އާއި ގޮއިދޫ ބައްދަލު ކުރި މެޗް

އޭދަފުށީގައި މިހާރު ކުޅެވެމުންދާ ބ.އަތޮޅު ފުޓްބޯޅަ ޗެލެންޖްގެ ސެމީ ފައިނަލްގެ ދެވަނަ މެޗްގައި މިއަދު ކިހާދޫއާ ގޮއިދޫ ބައްދަލު ކުރި މެޗުން ގޮއިދޫ މޮޅުވުމުން ފައިނަލްގައި ފެހެންދޫއާ ބައްދަލު ކުރާ ޓީމަކަށް އަވައްޓެރި ގޮއިދޫ ހޮވިއްޖެއެވެ.

މިއަދުގެ މެޗް ގޮއިދޫ ކާމިޔާބު ކޮށްފައިވަނީ 2-0ގެ ނަތީޖާއިންނެވެ.

މި މެޗްގެ ފުރަތަމަ ހާފްގައި ދެޓީމުގެ ކުޅުން ފެނުނީ ދާދި އެއްވަރެއްގައެވެ. އެހެންނަމަވެސް 39 ވަނަ މިނިޓުގައި ގޮއިދޫ ޓީމުގެ ކިތުނާ އެޓީމަށް ލަނޑެއް ކާމިޔާބު ކޮށް ދިނުމާއެކު ކޮންމެވެސް ވަރަކަށް ކިހާދޫ ޓީމުގެ ސްޕީޑް ދަށްވިކަން ފާހަގަކުރެވުނެވެ.

ދެވަނަ ހާފްގެ ކުޅުންވެސް ފެށިގެން ދިޔައިރު ކިހާދޫ ޓީމް ފެނުނީ ދެންމެ ދެންމެ ސްކޯ ކޮށްފާނެހެން ހީވާ ގޮތެއްގައެވެ.އެހހެންނަމަވެސް ގޮއިދޫ ކުޅުންތެރިންގެ ދިފާއީ ފާރު ފޫއަޅުވާލާފައި ގޮސް ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް މެޗުގެ ދެވަނަ ލަނޑުވެސް ކާމިޔާބު ކުރީ ގޮއިދޫއެވެ.

މިއަދުގެ މެޗްގައި ރެފްރީވަނީ ދެޓީމްގެ ދެކުޅުން ތެރިންނަށް ރަތްކާޑު ދައްކާފައެވެ. ކިހާދޫ ޓީމުގެ އީމާން އަށް ރަތްކާޑު ދެއްކީ ރެފްރީއާއި ބޭއަދަބީ ބަހުން މުހާތަބު ކުރުމުންނެވެ. ގޮއިދޫ ޓީމުގެ މުޙައްމަދު ބައްސާމަށް ރަތްކާޑު ދެއްކީ ކިހާދޫގެ ކުޅުންތެރިއަކަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެެވެ.

 

މި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ އަންނަ އަންގާރަ ދުވަހު ހަވީރު 3:50 ގައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top