މޮނިޓަރިން ގައި އޮތް ރަށްރަށުގެ ކީސްޓޭޖު ދަރިވަރުންނަށް ޓެބްލެޓް ހޯދައިދެނީ

157078095_4625691737457340_8420134194601535420_n.jpg

ފޮޓޯ: ބ.އަތޮޅު ތައުލީމީ މަރުކަޒު

ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ސަބަބުން މޮނިޓަރިންގެ ހާލަތުގައި އޮތް ރަށްރަށުގެ ކީ ސްޓޭޖު އެކަކާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ޚާއްސަކޮށްގެން 1،000 އަށް ވުރެ ގިނަ ޓެބްލެޓް ހޯދައިދޭނެ ބަޔަކު ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފި އެވެ.

ލާނިން އެޑްވާންސްމެންޓް އެންޑް މިޝަމެންޓް ޕްރޮޖެކްޓުގެ ދަށުން ވޯލްޑް ބޭންކުން ލިބިފައިވާ އެހީގެ ދަށުން ހަތަރު މަސް ދުވަހުގެ ތެރޭގައި ޓެބްލެޓް ހޯދައިދެވިދާނެ ފަރާތްތަކުން އަންނަ މަހުގެ 15 ގެ ކުރިން ބިޑް ހުށަހަޅަން މުއްދަތު ދީފައިވެ އެވެ.

މި ބުރުގައި މޮނިޓަރިންގައި އޮތް ރަށްރަށުގެ ގްރޭޑު 1 އަދި 2 ގެ ކުދިންނާއި ސެންގައި ކިޔަވާ ދަރިވަރުންނަށް 1،350 ޓެބްލެޓް ހޯދާނެ އެވެ.

ވޯލްޑް ބޭންކުގެ އެހީގައި ޓެބްލެޓް ގަނެދޭނެ ބަޔަކު ހޯދަން އިއުލާނުކުރިއިރު، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ވެސް ދަރިވަރުންނަށް ބަހަން 70،000 އަށްވުރެ ގިނަ ޓެބްލެޓް ހޯދި އެވެ. ރާއްޖޭގެ އެކި ހިސާބުތަކަށް އެ ޓެބްލެޓުތައް ބެހިއަސް އަދިވެސް އެ ނުލިބޭ ބައެއް ދަރިވަރުން އެބަތިއްބެވެ.

ކޮވިޑުގެ ސަބަބުން މިހާރު ވެސް 73 އަށް ވުރެ ގިނަ ރަށް މޮނިޓަރިންގެ ހާލަތުގައި އޮތް އިރު އެ ރަށްރަށުގެ ދަރިވަރުންނަށް ވެސް ކިޔަވައިދެމުން އަންނަނީ އޮންލައިން ކޮށެވެ.

އޮންލައިންކޮށް ކިޔަވައިދިނުމުގައި ދިމާވާ މައްސަލަތައް ހައްލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ވަނީ ލޯކަލް ޕްލެޓްފޯމެއް ހަދައިފަ އެވެ. އަންނަ ހަފުތާގައި ބައެއް ސްކޫލުތަކުގައި އެ ފްލެޓުފޯމް ޕައިލެޓްކުރާއިރު، އޮގަސްޓް މަހު ފަށާ ދިރާސީ އާ އަހަރަށްފަހު މިނިސްޓްރީން ނިންމާފައި ވަނީ ހުރިހާ ސްކޫލެއްގައި އެޑިއުކޭޝަން ޕްލެޓްފޯމް ބޭނުންކުރާށެވެ.

އޮންލައިންކޮށް ދަރިވަރުންނަށް ކިޔަވައިދެމުން އަންނައިރު އެންމެ ބޮޑު ގޮންޖެހުމަކަށް ޑޭޓާގެ މައްސަލަ ކުރިމަތިވެފައިވާއިރު އެކަންތައްތައް މިހާރު ހަމަޖެހިފައިވާ ކަމަށް އެޑިއުކޭޝަނުން ވަނީ ބުނެފައެވެ. އެގޮތުން ދިރާގު މެދުވެރިކޮށް ބެލެނިވެރިންގެ ފޯނަށް ޑޭޓާ ފޯރުކޮށްދެމުން އަންނައިރު، އުރީދޫއި މެދުވެރިކޮށްވެސް ޑޭޓާ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top