ބޮޑު ސްކްރީނުން ވޯލްޑްކަޕް ބެލޭނެ: މީޑިއާ ނެޓް

large_166848809064qKwy.jpg

ފީފާ ވޯލްޑްކަޕްގެ މެޗުތައް ބޮޑު ސްކްރީން އިން ބެލޭނެ ކަމަށާއި މަނަލީ އެކަމުން ވިޔަފާރި ކުރުންކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓުން ބުނީ ބޮޑު ސްކްރީނުން އެޅުވުން މަނާކަމަށް ބުނެ ދައްކާ ވާހަކަތަކުގައި ހަގީގަތެއް ނެތްކަމަށެވެ.

ބޮޑު ސްކްރީނުން ވޯލްޑްކަޕް ދައްކާއިރު ކުޅިވަރުގެ ރޫހާ ޚިލާފުނުވާހެން އެކަން ކުރެވޭނެކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ފީފާއިން އެ ކަމުގައި އަންގައިފައިވާ ގޮތަށް އެކަން ކުރުމަކީ މުހިންމު ކަމެއްކަމަށްވެސް މިޑީއާ ނެޓުން ބުންޏެވެ.

“ގޮނޑި ވިއްކައިގެން، ޓިކެޓު ނަގައިގެން މީހުން ވައްދައި، ސްޕޮންސަރ ނަގައިގެން ޕްރޮޖެކްޓަރު ބަހައްޓައި، ވިޔަފާރި އުސޫލުން މިކަން އެއްވެސް ބަޔަކު ކޮށްގެން ނުވާނެ. މިސާލަކަަށް ޓިކެޓު ވިއްކައިގެން އޮލިމްޕަހުގައި ދެއްކުން. އެއީ ގޯސްކަމެއް، މަނާކަމެއް،” މީޑިއާ ނެޓުން ބުންޏެވެ.

އެ ކުންފުނިން އެންމެ އިސްކަން ދެނީ ވޯލްޑްކަޕްގެ ރޫހާއި ފޯރި އިތުރުކުރަންކަމަށާއި މި ފަހަރުގެ ވޯލްޑްކަޕަކީ ވެސް ހުރިހާ ދިވެހީންގެ މެދުގައި ކުޅިވަރުގެ ރޫހު ބަދަހިކުރުވާނެ އީދަކަށް ހެދުމަށް އެ ކުންފުނިން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ ނެޓުން ބުންޏެވެ.

ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑްކަޕް ރާއްޖޭގައި ދެއްކުމުގެ ލައިސެންސް ފީފާގެ ފަރާތުން ލިބިފައިވަނީ މީޑިއާ ނެޓަށެވެ.

މީޑިއާ ނެޓުން ވަނީ، ރާއްޖޭގައި ވޯލްޑްކަޕް ދެއްކުމުގެ ސަބް ލައިސެންސް ތިން ޗެނަލަކަށް ދީފައެވެ. އެ ތިން ޗެނަލަކީ، ރާއްޖެޓީވީ، ޔެސްޓީވީ އަދި އައިސްޓީވީއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top