ފެހެންދޫ ، ދިވެހި ޕްރިމިއަރ ލީގުން ޖާގަ ހޯދައިފި

asdsd-1024x576.jpg

ދިވެހި ޕްރިމިއާ ލީގަށް ކޮލިފައި ވުމުން ފެހެންދޫ ޓީމުން އުފާ ފާޅުކުރަނީ- އީޓީ ފޮޓޯ/ޒުހުދާ

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި މިއަދު ފެހެންދޫ އދ. ފެންފުއްޓާ ވާދަކޮށް 6-1 އިން މޮޅުވުމުން ދިވެހި ޕްރިމިއާ ލީގަށް ފެހެންދޫ ކޮލިފައި ވެއްޖެއެވެ.

މި މޮޅާ އެކު ގްރޫޕް ދޭއްގެ ދެވަނަ ޓީމުގެ ގޮތުގައި ފެހެންދޫ އަށް ވަނީ ސެމީގެ ފުރުސަތު ލިބިފަ އެވެ. މި ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ން ޖާގަ ލިބުނީ ށ. ފޯކައިދޫ އަށެވެ.

މި ގްރޫޕުގައި ފެހެންދޫ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ވަނީ ކާމިޔާބުކޮށްފަ އެވެ.

މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގަ ހޯދައި ޕްރިމިއާ ލީގުގެ ޖާގަ ކަށަވަރުކުރި ހަތަރު ޓީމަކީ ތިމަރަފުއްޓާއި ފެހެންދޫގެ އިތުރުން ފ. ނިލަންދޫ އާއި ށ. ފޯކައިދޫ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ލިބޭނީ މިނިވަން ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށްދާ ހަތަރު ޓީމުގެ އިތުރުން މިހާރު ކުރިޔަށްދާ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަ ޓީމަކަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top