އޭދަފުށީގައި އައިޑީކާޑުގެ ޚިދުމަތް ދޭން ފަށައިފި

DSCN9874.jpg

އޭދަފުށި---އީވީ ފޮޓޯ

ރާއްޖޭގެ ކޮންމެ އަތޮޅަކުން ނުވަތަ އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށް ދިނުމަށް ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން، އޭދަފުށީިގައި އެޚިދުމަތް ދޭން ފަށައިފި އެވެ. އޭދަފުށީގެ އިތުރުން ދަރަވަންދޫގައިވެސް އައިޑީ ކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ދޭން މިއަދު ފަށާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވިއެވެ.

ޑީއެންއާރުން ވިދާޅުވީ، އައިޑީ ކާޑުގެ ޚިދުމަތް ބ. އަތޮޅުގައި ފެށުމާއެކު ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ރައްޔިތުންނަށް ފަހިވެގެންދާނެ ކަމަށެވެ. ހަމަމިއާއެކު އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށްވެސް ޑީއެންއާރުން ފާހަގަކުރައްވައެވެ.

މީގެ ކުރިން އެ އަތޮޅުގެ ރަށްރަށުން އައިޑީކާޑު ހެއްދުމަށް ފޮނުވަން ޖެހެނީ މާލެ އަށެވެ. ދެން ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ފުރަތަމަ އައިޑީކާޑު ފޮނުވަނީ އަތޮޅު ކައުންސިލަށެވެ. އެ ކައުންސިލުން އަތޮޅުގެ ރަށު ކައުންސިލްތަކަށް އައިޑީކާޑުތައް ފޮނުވަން ވެސް އެތައް ދުވަހެއް ނަގައެވެ.

އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައެވެ. އެންމެ ފުރަތަމަ މާލެ ފިޔަވައި މި ޚިދުމަތް ދޭން ފަށާފައިވަނީ ގއ.ވިލިނގިލީގައެވެ.

މާލެއިން އެކަނި ލިބޭ އައިޑީކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާއި ގާތުން ދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވައުދުފުޅެކެވެ.

އެވެ.

ވަނީ މި ޚިދުމަތް ދޭން މިއަދު ފަށާފައެވެ.

ން  ކައުންސިލުން އައިޑީކާޑު ޕްރިންޓުކޮށްއަތޮޅަކުން ވެސް އައިޑީ ކާގުގެ ޚިދުމަތް ލިބޭނެ ގޮތް ހެދުމުގެ މަދުވެގެންއެއްރަށުގައިއައިޑީކާޑުގެޚިދުމަތްދޭންނިންމުމާއިގުޅިގެންބ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top