ތުޅާދޫ ބަލިކޮށް އޭދަފުށި ގްރޫޕް 1ވަނަ އަށް

426851934-771198468368286-3073352484969816376-n-1536x1024-1.jpg

ރޭގެ މެޗުގައި ލަނޑުޖެހުމަށްފަހު އޭދަފުށީ ޓީމުގެ އިޝާން އިބްރާހިމް (ސައްޓު) އުފާ ފާޅުކުރަނީ. --ފޮޓޯ: ގޯލްޑަން ފުޓްސަލް އެސޯސިއޭޝަން / އިމޭޖަސް.އެމްވީ

ސޮނީ ސްޕޯޓްސް ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ރޭ ބ. އަތޮޅު ލީގު ބުރުގައި ތުޅާދޫ އާ ބައްދަލުކޮށް އޭދަފުށި މޮޅުވެ ފައިނަލުން ޖާގަ ހޯދައިފި އެވެ.

ރޭގެ މެޗުން ތުޅާދޫގެ މައްޗަށް އޭދަފުށީ ކުރިހޯދާފައިވަނީ 2- 1 ގެ ތަފާތަކުންނެވެ. މި މެޗުގައި އޭދަފުށިން ލަނޑު ޖަހައިދީފައިވަނީ ދިނީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ވެސް ހޮވުނު އިޝާން އިބްރާހީމް (ސައްޓު) އެވެ. ތުޅާދޫގެ ހަމައެކަނި ލަނޑުޖެހީ އިބްރާހިމް ރަފާހު އެވެ.

އޭދަފުއްޓާއި ތުޅާދޫގެ އިތުރުން އަތޮޅު ބުރުގައި ބައިވެރިވީ ކެންދޫ އެވެ.

އޭދަފުށި ވަނީ ފުރަތަމަ މެޗުގައި 0-5 އިން ކެންދޫ ބަލިކޮށްފަ އެވެ. ތުޅާދޫ އާއި ކެންދޫ ވާދަކުރި މެޗު 2-6 އިން ކާމިޔާބުކުރީ ތުޅާދޫ އެވެ.

އޭދަފުއްޓަށް 6 ޕޮއިންޓް ލިބުނުއިރު ތުޅާދޫ އަށް ލިބުނީ 3 ޕޮއިންޓެވެ. ފުލަށްދިޔަ ކެންދޫ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ފައިނަލުގައި ވާދަކުރާނީ އޭދަފުއްޓާއި ތުޅާދުއެވެ.

މުބާރާތުގެ ޒޯން ބުރުން ފުރުސަތު ލިބޭނީ އަތޮޅު ޗެމްޕިއަންކަން ހޯދާ ޓީމަށެވެ.

އޭދަފުއްޓާއި ތުޅާދޫ ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ 8 ޖަހާއިރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top