އޭދަފުށީ ދެމިސްކިތުގައި ގައި މިރެއިން ފެށިގެން ދަމުނަމާދު ކުރާނެ

99.jpg

މަސްޖިދު މުހައްމަދު އަލީ، އޭދަފުށި

މިރަމަޟާން މަހު ފަހު 10ގައި އޭދަފުށީގެ ދެ މިސްކިތުގައި މިރެއިން ފެށިގެން ޖަމާއަތުގައި ދަމުނަމާދު ކުރާނެކަމަށް ކަމަށް އޭދަފުށީ ކައުންސިލުން ބުނެފި އެވެ.

ޖަމާއަތުގައި ދަމުނަމާދު ކުރަން ހަމަޖެހފައިވަނީ މަސްޖިދު މުހައްމަދު އަލީ މިސްކިތާއި މަސްޖިދު ސުލްތާން މުއީނުއްދީން މިސްކިތުގައެވެ.

އޭދަފުށީ ކައުންސިލުން އިއްޔެ އާއްމުކުރި ލިއުމެއްގައި ބުނީ، ދަމުނަމާދު ކުރަން ފަށާނީ މެންދަމު 2 ޖަހާއިރު ކަމަށެވެ.

މިއަހަރު ރޯދަމަހު އަލަށް ދަމު ނަމާދުކުރަން ހަމަޖެއްސި މަސްޖިދު މުހައްމަދު އަލީ، އިމާރާތްކޮށް ނިމި ނަމާދުކުރަން ފެށީ މިދިޔަ ރަމަޟާން މަހު އެވެ.

އޭދަފުށީގައި ރޯދަމަހު ދެމިސްކިތުގައި ދަމު ނަމާދު ކުރަން ހަމަޖެހިފައިވާ އިރު މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖައްސާފައިވާކަން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު ވަނީ އިއްލާން ކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top