އޭދަފުށިން ގޯތި ދޫކުރާނެކަމުގެ އުފާވެރި ޚަބަރު ހައުސިން މިނިސްޓްރީން ދީފި

12744169_587889751376666_1018488152234311035_n-702x432.jpg

ބ. އޭދަފުށި

ބ. އޭދަފުށިން ގޯތިދޫކުރަން ހަމަޖެހިފައިވާކަން ހައުސިންގް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

ހައުސިން މިނިސްޓްރީން މިކަން ހާމަކުރެއްވީ ބުރާސްފަތިދުވަހު އެމިނިސްޓްރީން އޭދަފުށީ ކައުންސިލަށް ފޮނުއްވި ސިޓީއަކުންނެވެ. އެކައުންސިލަށް ފޮނުއްވި ސިޓީގައި ބަޔާންކޮށްފައިވަނީ އޭދަފުށިން ގޯތިދޫކުރުމަށް ހަމަޖެހިފައިވާކަމަށާ، އެކަމަށް އިޢްލާން ކުރެވޭނީ އޭދަފުށީގެ ލޭންޑް ޔޫސް ޕެލޭން ނިމުމުންކަމަށެވެ. ހައުސިންގް މިނިސްޓްރީގެ ސިޓީގައި އޭދަފުށީގައި އެޅުމަށް ހަމަޖެހިފައިވާ 100 ހައުސިންގް ޔުނިޓްގެ މަސައްކަތް އަންނަމަހު ބަޔަކާ ހަވާލުކުރެވޭނެކަމަށްވެސް ބަޔާންކޮށްފައިވާކަމަށް އޭދަފުށި ކައުންސިލުން ބުނެއެވެ.

ހައުސިންގް މިނިސްޓްރީއާ ހަވާލާދެއްވައި އޭދަފުށީ ކައުންސިލަރ މުހައްމަދު ރިޒާ އީވީއަށް ވިދާޅުވީ ލޭންޑް ޔޫސް ޕްލޭން ހަދައި ވަރަށް އަވަހަށް ނިމޭނެކަމުގެ މައުލޫމާތު ލިބިފައިވާކަމަށާ، މިއަހަރު ތެރޭގައި ގޯތި ދޫކުރަން ފެށޭނެކަމުގެ އުއްމީދު ވަރަށްބޮޑުކަމުގައެވެ. އޭނާ ވިދާޅުވީ ގޯތިދޫކުރުމުގެ ކަންކަމުގައި އޭދަފުށި ދާއިރާގެ މެމްބަރ އަހްމަދު ސަލީމްގެ މަސައްކަތްވެސް ވަރަށްބޮޑަށް ފާޙަގަކުރެވޭކަމަށެވެ.

“ނޫން ނޫން ނޫން. މާއަވަހަށްވެސް ދޫކުރެވޭނެކަމަށް މިބަލަނީ. އިރާދަކުރެއްވިއްޔާ މިއަހަރު. ހަމަ މިއަހަރު ގޯތިދޫކުރާނެ. ރައްޔިތުން ގޯތި ބޭނުންވާ މިންވަރު ހައުސިން މިނިސްޓްރީއަށް މިހާރުވަނީ ހާމަވެފައި. އެހެންވީމާ މިސަރުކާރަކުން ދެން ލަހެއް ނުވާނެ. އެމްޕީ ސަލީމްގެ ހިތްވަރުން މިހާބާރަށް މިކަން މިދަނީ. އެމްޕީއަށް އަޅުގަނޑު ޝުކުރުދަންނަވަން ހައުސިން މިނިސްޓްރީއާ ގުޅިގެން އެކުރައްވާ މަސައްކަތަށް” ރިޒާ ވިދާޅުވިއެވެ.

އޭދަފުށީން ގޯތި ދޫކުރައްވާނެކަން ހައުސިން މިނިސްޓްރީން ހާމަކުރެއްވިއިރު، އޭދަފުށިން މިއަހަރު 100 ގޯތިދޫކުރުމައްޓަކައި އޭދަފުށީ ކައުންސިލްއިން މިދިޔަމަހުގެ ތެރޭގައިވަނީ ސަރުކާރާއެކު ހާއްސަ މަސައްކަތްތަކެއްވެސް ފަށާފައެވެ.

އޭދަފުށިން ގޯތި ދޫކުރުމާމެދު ވިސްނަމުންދާކަން އޭދަފުށީ ކައުންސިލުން ހާމަކުރިއިރު، ގޯތި ހޯދުމަށްއެދި 2005 ވަނަ އަހަރު 200 އެއްހާމީހުން އޭދަފުށީ ކައުންސިލަށް ސިޓީލާފައިވެއެވެ. އާންމުން ދިރިއުޅުމަށް އެންމެފަހުން އޭދަފުށިން ގޯތި ދޫކޮށްފައިވަނީ 1989 ވަނައަހަރުއެވެ. އޭދަފުއްޓަކީ ތިންހާހަށްވުރެ ބޮޑު އާބާދީއެއް އޮތް ރަށެކެވެ. ހަަމައެއާއެކު އޭދަފުށީގައި ގޯތި ބޭނުންވެފައިވާ މީހުންގެ ދިގު ކިޔޫއެއްވެސް އެބައޮތެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top