މަތީ ސާނަވީ އަށް ކިޔަވާކުދިންނަށް ސަލީމް 4 ސްކޮލަޝިޕް ދީފި

DSC_0740-2.jpg

އޭދަފުށީ ދާއިރާގެ މެމްބަރ ސަލީމް. ވަގުތީ ނަތީޖާ ދައްކާގޮތުން ބޮޑުތަފާތަކުން އިންތިހާބު ވަނީ ކާމިޔާބުކޮށްފައި/ ފޮޓޯ: އީވީ ފައިލް

ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަތީސާނަވީ (ގްރޭޑް 11، 12) ގައި ކިޔަވާކުދިންނަށް، ރައްޔިތުންގެ މަޖްލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ރެޑްވޭވް ސަލީމް) 4 ސްކޮލަރޝިޕް ހަދިޔާކުރައްވައިފި އެވެ.

ޖުމްލަ 20000.00ރ ގެ އަގުހުރި މިސްކޮލަރޝިޕް ހަވާލުކޮށްފައިވަނީ މިދިޔަ ހުކުރުދުވަހު ކަމަށް ސަލީމް ކެމްޕޭން އޮފީހުން ބުނެއެވެ. އެއޮފީހުގެ ކޯޑިނޭޓަރ މުހައްމަދު ރިޒާ މިއަދު އީވީއަށް ވިދާޅުވީ  މި 4 ސްކޮލަރޝިޕް ދިނުމުގެ އިތުރުން ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ސާނަވީ އިމްތިހާނުން ވަރަށްރަގަޅު ކާމިޔާބެއް ހޯދާފައިވާތީ، އެދަރިވަރުންނަށާ، މުދައްރިސުންންނަށް ޕާޓީއެއް ބޭއްވުމަށް 5000.00 ރުފިޔާގެ އިނާމެއްވެސް ދެއްވާ ފައިވާކަމުގައެވެ. ރިޒާ ވިދާޅުވީ  ކުރިޔަށްއޮތްތަނުގައިވެސް ސަލީމުގެ ފަރާތުން ތައުލީމީ ދާއިރާގެ ތަރައްޤީއަށް އިތުރު އެހީތައް ލިބެމުންދާނެކަމުގައެވެ.

“މިއީވަކި ކެމްޕޭން ދުވަސްވަރުވީމާ ދޭ ފައިސާއެއްނޫން. މިދިޔަ އަހަރު ސްކޫލަށް ޕްރޮޖެކްޓަރުތަކެއްވެސް ސަލީމް ހަދިޔާކުރެއްވި. އަދި އޭގެކުރިންވެސް އެކިކަހަލަ އެހީތަށްދެވޭ.”

މިއަހަރު އޭދަފުށީގައި ވިލާކޮލެޖުން އަލަށްފެށި މާސްޓާޒް ޑިގްރީ ހަދާކުދިންނަށްވެސް ސަލީމްވަނީ އެހީއެއްގެ ގޮތުން އެއްލައްކަ ރުފިޔާ ދޭން ނިންމާފައެވެ. އަދި އެފައިސާ މިހަފްތާތެރޭގައި އެކުދިންނާ ހަވާލުކުރެވޭވަރުވާނޭކަމަށްވެސް ސަލީމް ކެމްޕޭން އޮފީހުން ބުނެއެވެ.

ސަލީމް ދެއްވަން މިފެއްޓެވި 4 ސްކޮލަޝިޕާއެކު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ މަތީ ސާނަވީގެ ކުދިންނަށް އެކިފަރާތްތަކުން ދޭ ސްކޮލަޝިޕްގެ އަދަދު 16 އަށްއަރާފައިވާކަމަށް އެމަރުކަޒުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top