ބ.ކެޔޮދޫއަށް ކައިރީގައި އޮތް ރިސޯޓަކުން ކުނިއަޅާކަމުގެ ތުހުމަތު

EBCCE2ED-6870-457F-98F4-8A745F438D90-876x657.jpeg

ބ.ކެޔޮދޫއަށް ކުނިއަޅާފައި--ފޮޓޯ :ޓުވިޓާ

ބ.އަތޮޅުގެ ފަޅުރަށެއް ކަމުގައިވާ ކެޔޮދޫއަށް އެރަށާ ކައިރީގައި އޮންނަ ރިސޯޓަކުން ކުނިއަޅަމުން ގެންދާ ކަމުގެ ތުހުމަތު ކޮށްފިއެެވެ. މި ތުހުމަތު ކޮށްފައިވަނީ ޓްވިޓާގައެވެ.

ޓްވިޓާގައި މިހާރު ދައުރުވަމުންދާ ފޮޓޯތަކުން ކެޔޮދޫ އަތިރިމައްޗަށާއި ރަށުތެރެއަށް ކުނިތައް ޖަމާކޮށްފައިވާތަން ރީތިކޮށް ފެނެއެވެ. އަދި އެ ފޮޓޯތަކުގައި ކޮތަޅުކޮތަޅަށް އަޅާފައިވާ ކުނިތައް ކެޔޮދޫ ގޮނޑުދޮށަށް އަޅާފައިވާ މަންޒަރުވެސް ފެންނަން ހުއްޓެވެ.

ޓްވިޓާގައި އިއްޔެ އެކަން އާއްމު ކުރި ފަރާތުން ބުނެފައިވަނީ ކެޔޮދޫ އަތިރިމައްޗަށް ކުނި އަޅާފައި ހުންނަނީ އެ ރަށާ ކައިރީގައި ހިންގާ ރިސޯޓަކުން ކަމަށެވެ. އަދި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށާއި، އެ ރިސޯޓުން މި ކުރާ ބޭއަދަބީ ކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށްވެސް އޭނާގެ ޓްވީޓްގައި ބުނެފައި ވެއެވެ.

ރިސޯޓުން ފަޅުރަށަށް ކުނިއަޅާ ތިމާވެށި ހަލާކުކުރާ މައްސަލަ ބެލުމަށް ބައެއް ފަރާތްތަކުން ވަނީ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށްވެސް ގޮވާލައިފަ އެވެ.

މިކަމާއި ގުޅިގެން އީޕީއޭ އިން އިއްޔެ ބުނީ، ކެޔޮދޫއަށް ކުނި އަޅަމުންދާ މައްސަލަ ފުލުހުންނާއި ގުޅިގެން ބަލަމުން އަންނަ ކަމަށެވެ.

އޮންލައިން ނޫސް “ވަގުތު”ގައި ޝާއިއުކޮށްފައިވާ މި ޚަބަރާ ގުޅިގެން ކޮމެންޓް ކުރި ފަރާތަކުން ބުނެފައިވަނީ “ކެޔޮދުއަށް އެޅި ހުރިހާކުންޏެއް ހަފުތާއެއްގެ ތެރޭގައި ނުނަގައިފިނަމަ ކެންދޫގެ ރައްޔިތުން ނުކުމެ އެޅި ހުރިހާ ކުންޏެއް ތުހުމަތު ކުރެވޭ ރިސޯޓުގެ ފަރަށް އަޅަންޖެހިދާނެ ވާހަކަ ހިތާމަޔާއެކު ދަންނަވާކަމަށާ ސަރުކާރުން މިކަމަށް އެއްބާރުލުން ނުދީފިނަމަ ރައްޔިތުން ނުކުމެ މިކަން ކުރާނެކަމަށާ މިއީ އެދުވަސްވަރު ކަން ސަރުކާރު ދަންނަން ޖެހޭނެ” ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top