މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާ

Gmqg3DEaQAEVJwo-1.jpeg

މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވާ ބޭންކް ބޭނުންކުރުން މަނާކޮށް އާ އުސޫލެއް އެކުލަވާލައިފި އެވެ.

މޯލްޑިވިއަން އިން މިފަދަ އުސޫލެއް ތަޢާރަފުކުރީ ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން، ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އެޖެންސީ (އީއޭއެސްއޭ) އަދި އިންޓަނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަން ގެ ލަފާގެ މަތިންނެވެ.

އައިލެންޑް އެވިއޭޝަނުން ބުނީ އައު އުސޫލުތަކުގެ ދަށުން، ކޮންމެ ފަސިންޖަރަކަށްވެސް ގެންދެވޭނީ ގިނަވެގެން ދެ ޕަވާ ބޭންކު ކަމަށާއި އަދި ޕަވާ ބޭންކްގެ ކެޕޭސިޓީ 100W އަށްވުރެ މަތިވެގެން ނުވާނެ ކަމަށެވެ. ފަސިންޖަރުން އެމީހުންގެ ޕަވާ ބޭންކް ބަހައްޓަންވާނީ އަމިއްލަ އަތުގައި، ގޮނޑީގެ ޖީބުގައި ނުވަތަ ގޮނޑީގެ ދަށުގައި ކަމަށާއި އަދި އޯވަހެޑް ބިންގައި ނުވަތަ ޗެކްކުރާ ދަބަހުގައި ޕަވާ ބޭންކް ބެހެއްޓުމަކީ މަނާކަމެއް ކަމަށް ބުނެފައިވެ އެވެ.

ސަލާމަތީ ފިޔަވަޅެއްގެ ގޮތުން، މަތިންދާބޯޓުގައި ޕަވާ ބޭންކް މެދުވެރިކޮށް އެއްވެސް ޑިވައިސްއެއް ޗާޖުކުރުމާއި، ޕަވާ ބޭންކް ރީޗާޖުކުރުން ވަނީ މަނާކޮށްފަ އެވެ. އަދި ޝޯޓް ސާކިޓްވުން ނުވަތަ އެކްސިޑެންޓަލީ އެކްޓިވޭޓްވުން ހުއްޓުވުމަށްޓަކައި، ޕަވާ ބޭންކް ގެންދަންވާނީ އޭގެ އަސްލު ޕެކޭޖިންގައި ނުވަތަ ޓާމިނަލްތައް އިންސިއުލޭޓްކޮށްފައި ކަމަށްވެސް ބަޔާނުގައިވެ އެވެ.

މި އުސޫލަށް އަމްކުކުރަން ފަށާނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top