އުތުރުގެ އަތޮޅުތަކަށް މަސްވެރިކަމަށް ނުނުކުތުމަށް އިންޑިއާގެ މެޓުން އަންގައިފި

cP80KPIGmCfksALM20rTP8uoz6VsghqMInhH7VTP.jpeg

އިންޑިއާގެ ، މޫސުމާ ބެހޭ ގައުމީ އިދާރާ

ރާއްޖޭގެ އުތުރަށް މަސްވެރިން ނުނިކުތުމަށް އިންޑިއާގެ މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފިއެވެ.

އިންޑިއާގެ މެޓް އޮފީހުން މިގޮތަށް އަންގާފައި ވަނީ ބަނގްލަދޭޝް ސަރަހައްދުގައި މިހާރު އުފެދެމުންދާ ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެ، މޫސުން ގޯސްވާނެތީ ކަމަށް ރިޕޯޓު ތަކުން ބުނެއެެވެ.

އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ބުނެފައި ވަނީ، އިރު ދެކުނު ބޭ އޮފް ބެންގަލް އާއި ދެކުނު އަންޑަމަން ކަނޑާއި، އިކުއަޓޯރިއަލް އިންޑިއަން އޯޝަންގައި އުފެދިފައިވާ ކޮޅިގަނޑު، އެއް ދުވަސް ތެރޭ އިތުރަށް ބާރުގަދަވެ، ތޫނާފަނަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑަށް އެބަ އޮތް ކަމަށެވެ.

އެހެންވެ ބުދަ ދުވަހުން ފެށިގެން ރާއްޖޭގެ އުތުރަށް މޫސުން ގޯސްވެ، ވައިގަދަވެ، ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެވޭތީ މަސްވެރިން މަހަށް ދިއުން ރައްކާތެރި ނޫންކަމަށް ރިޕޯޓް ކޮށްފައިވެއެވެ.

އެ ކޮޅިގަނޑު ކުރިއަށްއޮތް އެއް ދުވަސް ތެރޭގައި ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑު ކަމަށާއި، ޑިސެމްބަރު މަހުގެ ދެވަނަ ދުވަހު އެ ތޫފާން ދަތުރު ކުރާނެ ކަމަށް ބެލެވެނީ ދެކުނު ޓަމިލްނެޑޫ ކަނޑަށް ކަމަށްވެސް ބުނެފައިވެ އެވެ.

މީގެއިތުރުން، ޓަމިލްނާޑޫ، ޕުޑުޗެރީ އާއި ކަރައިކަލް، ކެރެލާ ސްޓޭޓްގެ އިތުރުން މަލިކަށްވެސް މާދަމާ އިން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް އިންޑިއާ މެޓުން ބުންޏެވެ.

މި ސަރަހައްދުގެ ކޮޅިގަނޑުގެ ކަންކަން މޮނިޓަރ ކުރަމުންދަނީ އިންޑިއާގެ މޫސުމާބެހޭ ގައުމީ އިދާރާއިންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top