ޕީޕީއެމް- ޕީއެންސީގެ ލީޑާޝިޕްގައި ތިބިވަރުގެ ބައެއް މި ސަރަހައްދުގައި ވެސް ނުތިބޭނެ: ސަލީމް

ac194b4a-d021-4ab1-a657-7c224191df99-1536x1024-1.jpeg

ރޭ، ކުޅުދުއފުށީގައި ބޭއްވި ޖަލްސާގައި ސަލީމް ވާހަކަދައްކަވަނީ-- ވަގުތު އިމޭޖްސް : މުހައްމަދު އަލީފް

ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕްގައި ތިބި ވަރުގެ ބައެއް މި ސަރަހައްދުގައި ވެސް ނުތިބޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީދާއިރާގެ މެންބަރު އަދި މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އަހުމަދުސަލީމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީން ހދ.ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސަލީމް ވިދާޅުވީ އެ ޕާޓީ ރޫޅާލުމަށްޓަކައި ފުޑާލުމަށްޓަކައި ރާއްޖޭގެ ހުރިހާ ދިމާލަކުން މަސައްކަތްކުރި ކަމަށެވެ. ސަރުކާރުންނާއި އެހެން ޕާޓީތަކުން އެ މަސައްކަތްކުރި ކަމަށާއި އެހެންނަމަވެސް އެއްގޮތެއް ހަދާނުލައި އިދިކޮޅުގެ ލީޑަރު ޖަލުގައި ހުންނަވައިގެން އެ ޕާޓީ ކޮންޓްރޯލް ކުރެއްވި ކަމަށް ވިދާޅުވިއެވެ. އޭގެ މާނައަކީ އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބޭފުޅުންނަކީ މި ސަރަހައްދުގައި ނެތްވަރުގެ މޮޅު މީހުންކަން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ސޯލިހެއްގެ ނަންދެވިފައި ވީނަމަވެސް އެމަނިކުފާނު ސޯލިހަކަށް ނުވިކަމަށާއި އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނަށް އަނިޔާދީ ނޭއްގާނީ އަމަލުތައް ހިންގަމުންދާތާ މިހާރު ފަސް އަހަރުވެފައިވާ ކަމަށް ވިދާޅުވަމުން އިތުރަށް އޭނާ ވިދާޅުވީ ރާއްޖޭގެ ތާރީޚުގައި ވެސް ވެރިކަން ކޮށްފައި ހުރި މީހަކަށް މިހާ އަނިޔާކުރި ސަރުކާރެއް ދެކިވަޑައިގެންނުވާ ކަމަށެވެ.

”ރައީސް ޔާމީނަށް އަނިޔާދެމުން ދަނީ ރާއްޖޭގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާތީ. އެކަންތައް މި ސަރުކާރަށް ނުކުރެވޭނެތީ. އެމަނިކުފާނުގެ ލެގަސީ ދުއްވާލުމަށް ކުރަމުންދާ މަސައްކަތެއް މިއީ. ހަގީގަތުގައި އިހުލާސްތެރިކަމުގެ ބަދަލުގައި މީތޯ ކަންތައް ކުރަންވީގޮތަކީ. އެމަނިކުފާނަކީ މި ގައުމަށް ވަރަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް. ޔާމީނަށް އަނިޔާކުރާތަން ބަލަހައްޓައިގެން ނުތިބޭނަން. މި ސަރުކާރު ބަދަލުކުރަން ބޭނުންވަނީ މި ސަބަބުތަކާއިހުރެ. ޑރ.މުއިއްޒު އެ ނިކުންނެވީ އެ މަސައްކަތް ކުރެއްވުމަށް“ ސަލީމް ވިދާޅުވިއެވެ.

ރައްޔިތުންނަށްވީ ވައުދުތައް ފުއްދަވާ ނުދެއްވައި އަނެއް ފަސް އަހަރު ރައީސް ސޯލިހަށް ދެއްވުމަށް ވިދާޅުވަމުންދާ ކަން ފާހަގަކުރައްވައި ސަލީމް ވިދާޅުވީ ރައީސް ސޯލިހް ވެ ވަޑައިގެން ވައުދުތައް ކޮބައިތޯ އައްސަވާފައެވެ. “އަބަދުވެސް ކުރަނީ ކުރަނީ، ނިމެނީ ނިމެނީ މި ނޫންތޯ.” ސަލީމް ވިދާޅުވިއެވެ.

“ކިހިނެއްތޯ ނަން ދިމާނުވާ މީހަކާ ދޭތެރޭގައި އަމަލުކުރަން އެނގޭނީ. ރާއްޖޭގައި ތިން ރަސޫލު ބޭކަލެއްގެ ނަމުން ނަންދީފައިވާ މީހެއް މަދުވާނެ އިބްރާހިމް މުހައްމަދު ސޯލިހް ފިޔަވައި. މި މާތް ތިން ބޭކަލުންގެ ނަމުން ނަން ދީފައިވާއިރު ވެސް މިއިން އެއްވެސް ނަމަކާ އެމަނިކުފާނުގެ ނަން ދިމާވިތަނެއް ނުފެނެ.” ސަލީމް ވިދާޅުވިއެވެ.

ކުރިއަށް ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ސަފުތައް އިތުރަށް ވަރުގަދަކުރަންޖެހޭ ކަމަށް ސަލީމް ވިދާޅުވިއެވެ. މުޅި ރާއްޖޭގައި ސަފުތައް ރުކުރުވާލަންޖެހޭ ކަމަށާއި މިހާރު އެ މަސައްކަތް ފަށާފައިވާ ކަމަށާއި ދެނެން އެ ބޭފުޅުން މައިތިރި ނުކުރެއްވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ނިންމާލައްވަމުން ސަލީމް ވިދާޅުވީ މާތްﷲގެ ރަހުމަތްފުޅާއެކު ރިޔާސީ އިންތިހާބުގައި ވާދަވެރިން ބަލިކުރައްވާނެ ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top