ރިސޯޓް މުވައްޒަފުންގެ އަސާސީ މުސާރަ 600 ޑޮލަރަށް ބޮޑުކުރަން ގޮވާލައިފި

New-Baglioni-Resort-Maldives.jpg

ރިސޯޓްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އަސާސީ މުސާރަ މަދުވެގެން 600 ޑޮލަރަށް ބޮޑު ކުރުމަށް ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ހައްގުތަކަށް ވަކާލާތު ކުރާ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް) ޖަމިއްޔާާ އިން ގޮވާލައިފިއެވެ.

އެ ޖަމިއްޔާގެ ފޭސްބުކް ޕޭޖުގައި އާންމު ކޮށްފައިވާ އިއުލާނުގައި ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރާ މަސައްކަތްތެރިންގެ ޑިމާންޑްތަކުގެ ގޮތުގައި އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ޓުއަރިސްޓް ރިސޯޓް ތަކާއި ސަފާރީ ތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ އެންމެ ކުޑަ އުޖޫރައަކީ 600 ޔޫ.އެސް.ޑޮލަރ ކަމުގައި ހަމަޖެއްސުމަށެވެ.

މީގެ އިތުރުންވެސް ހަތަރު ކަމަކަށް ގޮވާލާފައިވެއެވެ.

އޭގެތެރޭގައި ޓުއަރިޒަމް ދާއިރާގައި ވަޒީފާ އަދާކުރާ ދިވެހި މަސައްކަތްތެރިންގެ ނިސްބަތް %80 (އައްޑިހަ އިންސައްތަ) ކަމުގައި ކަނޑައަޅައި އަމަލީގޮތުން މަސައްކަތްތެރިންނާއި ވަޒީފާ ދޭފަރާތްތައް ބައިވެރިވުމާއި އެކު އެކަން ތަންފީޒް ކުރަން ފެށުމާއި ، އިންޑަސްޓްރިއަލް ރިލޭޝަން އާއި ބެހޭ ޤާނޫނު (ޓްރޭޑް ޔޫނިޔަން ގެ ޤާނޫނު) ފާސްކުރުން ހިމެނެއެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީގައި ޓޫރިސްޓުންނަށް ދެވޭ ޚިދުމަތުން ނަގާ ސާވިސް ޗާޖް، ޤާނޫނުގައިވާ ގޮތަށް %99 ވަޒީފާ އަދާކުރާ އެންމެނަށް ހަމަ ހަމައަށް އިންސާފުވެރި ކަމާ ހާމަކަމާއެކު ބެހޭނެ ނިޒާމެއް ހަމަޖައްސައި، ސާވިސް ޗާޖް ނެގޭ ނިސްބަތް %12 (ބާރަ އިންސައްތަ) ކަމުގައި ހަމަޖައްސައި މަހުން މަހަށް ރެގިއުލޭޓްކޮށް އާންމު ކުރުމާއި ރިސޯޓް ހިއްސާ ރިސޯޓް މުވައްޒަފުންނަށް ދިނުމަށް ގޮވާލާފައިވެއެވެ. 

”ޓީމް ” އިން މިފަދަ ގޮވާލުމެއް ގޮވާލާފައި މިވަނީ ރިޔާސީ އިންތިޚާބު ބޯމަތިވެފައިވާދުވަސް ވަރެއްގައި ކަން ފާހަގަ ކުރެވޭއިރު ރިޔާސީ ކެންޑިޑޭޓުންގެ ސަމާލުކަމަށް މިކަން އަންނާނެ ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ. 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top