ސޮނާލީ ބަންޑްރޭ, ކެންސަރަށް ފަރުވާ ހޯދަނީ

700872-sonali-bendre.jpg

ހިންދީ ސިނަމާ ތަކުން 90ގެ އަހަރުތަކުގައި ވިދާލި ސޮނާލީ ބަންޑްރޭ އަށް ކެންސަރުޖެހިގެން ފަރުވާ ހޯދަމުން އަންނަ ކަމަށް މިއަދު އޭނާ ބުނެފިއެވެ.

މިކަމާ ގުޅިގެން މިއަދު އޭނާ ކުރި ޓްވިޓެއްގައި ބުނެފައިވަނީ “ހައި ގްރޭޑް” ކެންސަރުގެ ވައްތަރަކަށް މިހާރު ނިއުޔޯކް ގައި ފަރުވާ ހޯދަމުން އަންނަކަމުގައެވެ. މި ދަނޑިވަޅުގައި އާއިލާ އާއި އެކުވެރިން އޭނާ އާއެކުގައި ތިބިކަމަށް ޓަކާ އުފާ ކުރާ ކަމުގައިވެސް ލިޔެފައިވެއެވެ.

އޭނާ ކެންސަރަށް ފަރުވާ ހޯދާކަން ޓްވިޓާގައި ހިއްސާ ކުރުމާ އެކު، ބޮލީވުޑްގެ ވަރަށް ގިނަ ފަންނާނުން އަންނަނީ އޭނާ އަށް ހެޔޮއެދުމުގެ މެސެޖްތަކާއެކު ހިތްވަރު ދެމުންނެވެ.

އުމުރުން 43 އަހަރުގެ ސޮނާލީ އުޅެނީ ޑައިރެކްޓަރު ގޯލްޑީ ބޭލްއާ ކައިވެނިކޮށްގެންނެވެ. އެދެމަފިރިންގެ 12 އަހަރުގެ ފިރިހެން ދަރިއެއްވެސް ހުރެއެވެ.

ފިލްމް “އާގް” އިން 1994 ގައި ބޮލީވުޑަށް ނުކުތްް ސޮނާލީ 2002 ގައި ކައިވެނިކޮށް ފިލްމް ކުޅުމާ ދުރުވި ނަމަވެސް، އޭނާ އަންނަނީ ބައެއް ފިލްމްތަކާއި ޓީވީ ސިލްސިލާތަކުގެ އިތުރުން ބައެއް ރިއަލިޓީ ޝޯތަކުގެ ޖަޖްކަން ވެސް ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top