މައިކޮލެޖްގެ ގޮތްޕެއް އޭދަފުށީގައި

mi-college-eyd.jpg

މައި ކޮލެޖްގެ އޭދަފުށީ ގޮފީގައި އިއްޔެފެށި ކޯހުގައި އެކޮލެޖްގެ ރެކްޓާ ޑރ. އާމާލް ކިޔަވައިދެއްވަނީ. ފޮޓޯ: އީޓީ

ރާއްޖެއަށް މަޝްހޫރު މައިކޮލެޖްގެ ގޮތްޕެއް އޭދަފުށީގައި ހުޅުވައި އެކޮލެޖުން އޭދަފުށީގައި ހިންގާ ފުރަތަމަ ކޯސް ފަށައިފިއެވެ.

ޑިޕްލޮމާ އިން ހިއުމަންރިސޯސް މެނޭޖްމަންޓް ކޯސް އިއްޔެ ފަށާފައިވާއިރު ކޯހުގައި ކިޔަވައިދެނީ ބްލެކްބޯޑަށެވެ.

މައި ކޮލެޖްގެ ދައުރު އޭދަފުށީގައި ފުޅާކުރުމާބެހޭގޮތުން ވާހަކަދައްކަވަމުން މައިކޮލެޖްގެ ރެކްޓަރ އާމަލްއަލީ ވިދާޅުވީ ކައިރި މުސްތަގްބަލެއްގައި އޭދަފުށީގައި އެހެންކޯސްތައްވެސް ފަށާނެކަމަށާއި އިތުރުކޯސް ތައް ފެށުމާއެކު މިތަން ބަދަލުވެގެންދާނީ މައިކޮލެޖެގެ އޭދަފުށީ ކެމްޕަސްއަށް ކަމުގައެވެ

މައިކޮލެޖްގެ ކެމްޕަސްތަކާއި ބްރާންޗްތަކުގެ އަދަދު އޭދަފުއްޓާއެކު މިހާރު 13 އަށް އެރީީއެވެ.

މައި ކޮލެޖްއަކީ އިންޓަނޭޝަނަލް އިންސްޓިޓިއުޓް ފޯ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް (އައިއައިޕީޑީ ) ގެ ނަމުގައި އުފެއްދި އިންސްޓިޓިއުޓްއެއްކަމުގައި ވިޔަސް އެތަނުގެ ނަން މިއާންޒް އިންޓަނޭޝަނަލް ކޮލެޖް (މައިކޮލެޖެ ) ގެ ނަމަށް ބަދަލުކުރީ ހަޔަރ އެޑިއުކޭޝަނުން އެތަނަށް ކޮލެޖެއްގެ ދަރަޖަދިނުމާއެކުގައެވެ.

މައި ކޮލެޖްގެ ރެކްޓާ ޑރ. އާމާލްއަލީއަކީ ތައުލީމީ ދާއިރާގެ އެންމެ އިސްސަފުގައި ގިނަދުވަސްތަކަކު ސަރުކާރުގައި ހޭދަކުރައްވައިގެން އާއްމުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ގާބިލް ބޭފުޅެއްކަމުގައި ގިނަބަޔަކު އެއްބވަސްވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top