އޭދަފުށީ ކައުންސިލްގެ ރައީސްކަމަށް މިފަހަރުވެސް އަލީ ވަހީދު

ali-waheedh.jpg

އޭދަފުށީ ކައުންސިލްގެ ރައީސްކަމަށް މިހާރުވެސް އެމަގާމްގައި ހުންނެވި ޕީޕީއެމްގެ މެމްބަރ އަލީ ވަހީދު ހޮވައިފިއެވެ.

އަލީ ވަހީދު މިމަގާމަށްހޮވުނީ ހަތްކައުންސިލަރުންގެ ތެރެއިން 5 ކައުންސިލަރުންގެ ވޯޓް ލިބިގެންނެވެ. އަލީ ވަހީދުގެ އިތުރުން ރައީސްކަމަށް އެއްވެސް މެމްބަރަކު ކުރިމައްޗެއް ނުލައެވެ.

ނައިބްރައީސްކަމަށް ޕީޕީއެމް މެމްބަރ މުހައްމަދު ނައުރީފް ހޮވުނީ ޕީޕީއެމްގެ މެމްބަރ ނާޒްނީނާ ޔޫސުފްއާ ވާދަކޮށް އެންމެވޯޓެއްގެ ތަފާަތުންނެވެ. ނައުރީފަށް 4 ވޯޓް ލިބުނުއިރު ނާޒްއަށް ލިބުނީ 3 ވޯޓެވެ.

އޭދަފުށި ކައުންސިލްގެ ކުރީދައުރުގައި ނައިބްރައީސްކަން ކުރެއްވީ މިފަހަރު ކައުންސިލަށް ހޮވުނު ޕިޕީއެމްގެ މެމްބަރ މުހައްމަދު ރިޒާއެވެ.ނަމަވެސް މިފަހަރު އެމަގާމަށް ރިޒާ ވާދައެއް ނުކުރެއެވެ..

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top