މިދުވަސްވަރު ރަށުގެ އާންމު ސިއްހީ ހާލުކިހިނެއްތޯ؟
ޖަވާބު: އާއްމު ޞިއްޙަތަށްބަލާއިރު ރަގަޅު
މާލޭގައާއި، އަތޮޅުތަކުގައި އަރިދަފުސް ރޯގާއާއި، ލޮލުރޯގާ ފެތުރެމުންދާވާހަކަ އަޑުއިވޭ. އޭދަފުށީގައި އެފަދަ ރޯގާއެއް އެބައުޅޭތޯ؟
ޖަވާބު: ނޫނެކެވެ.
މިފަދަ ރޯގާތައް ފެތުރުނަ ނުދިނުމަށްޓަކައި ކުރެވިދާނެ ކަންތައްތަކަކީ؟
ޖަވާބު: ރޯގާޖެހިފައިވާ ތިބޭކުދިންނާއި މީހުން އެހެންމީހުންނާއި ކުދިން ނޫޅޭހިސާބަށްގޮސް ނޫޅުން
ލޮލު ރޯގާ ޖެހިއްޖެނަމަ ހަދާނީ ކިހިނެއްތޯ؟
ޖަވާބު: ޑޮކްޓަރަކަށް ނުވަތަ ހެލްތް ވޯކަރަކަށްދައްކާ ލަފަޔާ އިރުޝާދު ހޯދުން
ޑޮކްޓަރު ދެއްވާބޭސް ޤަވާޢިދުން ބޭނުންކުރުން
ތާފަނާކަން ހުންނަފެންފޮދަކުން ރޯގާޖެހިފައިހުންނަލޯ 2 އިރު ރަގަޅަށް ދޮވުން ލޮލަށް އަރާމުކުރުން
ގައިން ގަޔަށް ނާރާ ބަލިތަކުން ދިފާއުވުމަށް ރައްޔިތުންގެ ފަރާތުން އެދޭ އެދުމަކީ ކޮބައިތޯ؟
ޖަވާބު: ޞިއްޙީރަގަޅު އާދަކާދަތަކަށް އަހުލުވެރިވުން
ހަށިގަޑަށްބޭނުންވާ ރަގަޅުކާނާ ބޭނުންކުރުން ތަރުކާރީއާއި މޭވާ، 24 ގަޑިއިރު ކެއުމުގައި ހިމެނުން.
ދުވާލަކު 1 ގަޑިއިރު ކަސްރަތު ނުވަތަ ފެތުން ނުވަތަ ބާރަށް ހިގުން އާދަކުރުން
އަހަރަކު 1 ފަހަރު މަދުވެގެން މެޑިކަލް ޗެކަޕެއްހެއްދެވުން
ކަންތައްތަކާއި ނުވިސްނުން