އޭދަފުށީ ގެ އާ ކައުންސިލް މަގާމުގެ ހުވާ ކުރެއްވުމާއި ގުޅިގެން އޭދަފުށީ ވޮއިސް ގެ ފަރާތުން ކައުންސިލްގެ ރައީސަށާއި ނާއިބު ރައީސަށް އަދި ހުރިހާ މެންބަރުންނަށް ވަރަށް ހޫނު މަރުޙަބާ އަކާ ތަހްނިޔާ ރައްދު ކުރަމެވެ. އުންމީދު ކުރަނީ ވޭތުވެ ދިޔަ ދައުރަށް ވުރެ މި ހިނގާ ދައުރު އޭދަފުށްޓަށް ފާގަތި ދުވަސް ތަކަކާއި ވަރަށް ރީތި އޭދަފުށްޓެއް ދެއްކުމަށް ވަރަށް ބޮޑު އަހައްމިއްޔަތެއް ދެއްވާނެ ކަމުގައެވެ. ޒަމާންވީ މައްސަލަ ތަކަށް ޙައްލެއް އައިސް ރައްޔިތުންގެ މެދުގައި ތަފާތު ކުރުމެއްނެތި ހަމަ ހަމަކަމާއި މުސާވާތުގެ މަތިވެރި އުޞޫލުން ޢަމަލު ކުރުމުގައި ވަކި މީހެއްގެ މޫނަށް ކަނދުރާއަށް ނުބަލާ ކުރިއަށް ދާނެ ކަމުގައެވެ.
މަރުޙަބާ އޭދަފުށި ކައުންސިލް!

އޭދަފުށި ކައުންސިލް ހުވާކުރުމުގެ ރަސްމިއްޔާތު
ކިޔުންތެރިންގެ ޚިޔާލު