ކަމަކަށްނުވާ——ބޮޑަތިކަންތައް 1

break-fast.jpg

އަހަރެމެންގެ ތެރޭގައި ކަމަކަށްނުވާނީ ކުދިކުދި ކަންކަމެވެ. އެފަދަ ކަންކަމީ އެއްވެސް ކަމެއް ނޫނެވެ. އެކަމަކު ގިނަފަހަރަށް އެފަދަ ކަމަކަށްނުވާ ކަންކަން އޮންނަނީ ކުރަންވީގޮތް ނޭނގިފައެވެ. ކުރަމުން ގެނެވިފައި އޮންނަނީ ނުބައިކޮންނެވެ. އެހެންވާން ދިމާވާ ސަބަބަކީ ކަމުގެ ގޮތުން މީހަކު ގާތު އަހާލަންވެސް ނުކެރި އެނގުނު ގޮތަކަށް، ނުވަތަ ހީވާ ގޮތަކަށް އެކަމެއް ކުރަމުން ގެނެވެނީއެވެ. މިފަދަ ކަންކަމަށް ބަލައިލާ މިލިޔުމުގައި މިފަހަރު ހެނދުނުގެ ސައި ބޮމާހިނގާށެވެ.

ހެނދުނުސައި އަހަރެމެން ވަރަށް ތަފާތު ގޮތްގޮތަށް، ތަފާތު ނަންނަމުގައި އެބަ ބޮމުއެވެ. އެއީ މިހިސާބަށް އައިއިރު ބައެއް އިނގިރޭސި ނަންނަންވެސް ހިމެނޭ ގޮތުގައެވެ. ކޮންޓިނެންޓަލް ބުރެކްފާސްޓް ފަދަ މޮޅެތި ތަހުޒީބު ނަންނަމެވެ. ކުރީގައި އަހަރެމެން ރޭހުރިބަތް ވެސް ހެނދުނުސައިގެ ގޮތުގައި ބޭނުން ކުރީމުއެވެ. ކޮންމެއަކަސް މިކަމަކީ ހަށިގަނޑަށް ކޮންފަދަ ބޭނުންތެރި ކިހާވަރެއްގެކަމެއްތޯ އަހަރެމެންގެގިނަބަޔަކު ނުބަލައެވެ. މިކަމުގައި ހުރެދާނެ ފައިދާ ތަކާ ލިބިދާނެ ގެއްލުންތަކާއި މެދު ވިސްނާކަށް ނުއުޅެވެއެވެ. ސަބަބަކީ އަހަރެމެން ހެދިބޮޑުވެގެން އައިއިރު އެކަމާ އަޅާލައި ވިސްނައިދޭނެ މީހުން ނެތްކަމޭ ބުނެވި ދާނެއެވެ. އެފަދަ ކަންކަން އެނގޭ ދަންނަ މީހުން ތިއްބަސް އެކަމާ ނުއުޅޭކަމޭވެސް ކިއިދާނެއެވެ. އާދަކާދައާއި ސަގާފަތުގެ އޮއިވަރުގައި އެފަދަ އެއްމެންމެ ބެހި އޮއެވަރާއި އެކު ދެމެމުން ދިޔައީތީކަމުގައިވެސް ކިއި ދާނެމެއެވެ.

ހަށިގަނޑަކީ ( އެގޮތަށް ބަލާނަމަ ) މެސެނެކެވެ. އެކިހިސާބުގައި އެކި ވަކި މަސައްކަތްތައް ތަފާތު ސިފަސިފައިގައި ކުރަމުންގެންދާ މެސެނެކެވެ. ހަޖަމުކުރުމަކީ ކާބޯތަކެއްޗާއިބެހޭ ބައިގެމަސައްކަތް ހިނގާ ހިންގުމަށް އަހަރެމެންކިޔާނަމެވެ. މިގޮތުން އެއީއެބައިގެ މެސެނުކަމުގައި ބެލެވިދާނެއެވެ. ކާބޯތަކެތި ހަށިގަނޑަށް އެތެރެ ވުމުން އެތަކެތީގެ ބޭނުން ހިފުމަށް ޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއްގެ ބުރަ އުފުލަނީ މިމެސެނުން ނެވެ.

އަހަރެމެންނަށް އެނގިފައިވާ ގޮތުން ހަށިގަނޑަށް ތަފާތުވައްތަރުތަކެއްގެ ބައިތަކެއް ކާބޯތަކެތީގެ ގޮތުގައިއެތެރެވެ އޭގެ ބޭނުން ކުރެވެން ޖެހެއެވެ. ފެނަކީ މައިގަނޑެވެ. ދެން ތަފާތުނަންނަމުގައި އެކި ތަފާތުބައި ތަކެކެވެ. ގައިގައި ވަރުޖައްސަންބޭނުންވާ ބަޔާއި ލޭދައުރުކުރުމުގައި އެއްވަރަކަށް ހިފެހެއްޓުމަށް ބޭނުންވާ ބައެވެ. މިގޮތުން ކުރީގައިވެސް އެނގިފައިވާ ވަރުން މަހާއި ކާށްޓާއި އަސޭމިރުސް ފަދަ ތަކެތި ވަނީ ފާހަގަކުރެވިފައެވެ. ކޮންމެއަކަސް މިގޮތަށް ބޯސައިބޮވެނީ އެއްމެ ރަނގަޅު ގޮތަށް ތޯ މިހާރުބަލައިލަން ރަނގަޅެވެ. މިއެނގުނު މާލޫމާތު ކޮޅުގެ އަލީގައި ވިސްނާލައި ހަމަޖައްސާލަން ޖެހެއެވެ. އެއްމެ ފުރަތަމަ އަހަރެމެންނަށް ފެންނަ މެސެން ތަކުގެ ހަރަކާތަށް ވިސްނާލަމާ ހިނގާށެވެ. ދުވާލުގެ ގަޑިތަކުގައި ހިންގާ ހިންގާ މުޅި މެސެނު ދޮންވެ އަރާމަށް ބޭނުންވެފައި ވަނިކޮށް މެސެނުތައް އަހަރެމެން ނިވާލަމުއެވެ. އަނެއްދުވަހު ހިންގަންވާއިރު މެސެނު ހުންނާނީ ދޮންމަޑުވެ ތާޒާވެފައެވެ. އެކަމަކު އަހަރެމެން ފުރަތަމަ އެމެސެނު ހިންގާނީވެސް މަޑުމަޑުންނެވެ. ކިރިޔާވެސް ދަންނަ ބަޔަކުނަމަ އެމެސެނުގެ ބޭނުން ފުރިހަމަޔަށް ހިފާނީ އިރުކޮޅަކަށް ފަހުއެވެ. ފުރަތަމަ މަޑުންހިންގަނީ ކުއްލިއަކަށް ބޮޑު ބުރައެއްޖެއްސުމުން ކަންފަތިވުން އަވަސްވެ ބައެއްފަހަރަށް ތަނެއް ބިނދުންވެސް ކައިރި ކަމުގައި ބަލާފައެވެ. އަހަރެމެންގެ ހަށިގަނޑޭ މިކިޔާ މެސެނަކީވެސް ހަމަ މިގޮތުން މެސެނެކެވެ. ވުމާއި އެކު ހެނދުނުވާއިރު ހަޖަމުގެބައި ވެސް ހުންނާނީ ތާޒާވެ އަލުން އައުދުވަހެއްގެ މަސައްކަތަށް ފެށުމުގެ މަގުމަތީ ގައެވެ. ވުމާއިއެކު ކުރިންބުނެވުނު ފަދައިން އެއްމެ ފުރަތަމަ ބޮޑުބުރަ އެއް ނުޖެއްސުމަކީ ބުއްދިވެރި ގޮތެވެ. އެކިޔާ ބެޑުކޮފީ ގެ އަސްލަކީ ވެސް އެއީ ކަމުގައި ބައެއްމީހުން ބުނެއެވެ. ފުރަތަމަ ލުއި ފެށުމަކުން ފެއްޓުވު މެވެ. އެއަށް ފަހު ގަޑިއެއްހާ އިރުގެ ވަގުތުކޮޅެއް ދީފައި މެސެނު ރަނގަޅަށް ބޭނުން ކުރަން ފެށުމަށެވެ.

ހުރިހާ ވާހަކަ އަކުން ބުނެލެވޭތޯ މިއުޅެނީ ކުޑަ ކުޑަ އެއްވާހަކަ އެވެ. ނޭނގިތިބެ އަހަރެމެންގެ ބައެއްބައެއް މީހުންނަށް ކުރެވެމުންދާ ގޯސްކަމެއްގެ ވާހަކަ އެވެ. އެއީ ބަނޑު މުޅިން ހުސްވެ ހަޖަމުގެ މަސައްކަތްވެސް ހުއްޓާލައި ހަމަހިމޭން ވެފައިވަނިކޮށް ކުއްލިއަކަށް މެސެނު ޖެއްސޭވާހަކައެވެ. ރޮށްޓާއި ރިހައިންހެނދުނުގެ ނާސްތާ ފުރަތަމަވެސް ފެށޭ ވާހަކަ އެވެ. ކެއްކި ކުކުޅުބިހެއް ކައިލެވޭވާހަކަ އެވެ. އެއީ ގޯހެކޭ އެހެންނުހަދާށޭ ބުނެލަމެވެ. ފުރަތަމަ ހަށިގަނޑުގެ ބައިތައް ލުއިލުއިކޮށް ހަރަކާތް ކުރުވާފައި ދެން ބުރަކޮށް ބޮޑުކޮށް ބަރުކުރުވާށޭ ބުނެލަންވެގެންނެވެ.

ހެނދުނުގެ ސައި ބޯންޖެހެއެވެ. ހަށިގަނޑާ އަޅާލައި އެހީތެރިވުމުގެ ގޮތުން އެކި ތަފާތު ކާނާގެ ބައިތައް އެތެރެ ކުރަން ޖެހެއެވެ. އެކަމަކު ބަލައިގެން އެނގިގެންނެވެ. ފުރަތަމަ އަތުޖެހުނު އެއްޗެއް ފުރަތަމަ ކައިލައިގެނެއް ނޫނެވެ. ފުރަތަމަ ކޮފީ ތަށްޓެއް، ޖޫސްތަށްޓެއް ފަދަ އެއްޗެއް ބޭނުންކޮށްލާށެވެ. ދެން ވަގުތު ކޮޅެއް ދޭށެވެ. އެއްމެ ރަނގަޅީ ދޮޅުގަޑިއެއްހާއިރު ހުސްކޮށް ދުއްވާލައި ހަށިގަނޑުގެ ހަޖަމުގެ މަސައްކަތް އެގޮތަށް ލުއިލުއިކޮށް ފެއްޓުވުމެވެ. ދެން ސައިވެސް ބޯންވީއެވެ. ހެނދުނުގެ ސައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top