ދަރިފުޅު ޖުނެއިދު ފިލްމު ކުޅޭނެކަމެއް ނޭގޭ – އާމިރު ހާން

އާމިރު ހާން އާއި އޭނާގެ ދޮށީދަރި ޖުނެއިރު. ޖުނެއިދު ބޮލީވުޑާ ގުޅޭނެކަން ނޭގެކަމަށް އާމިރު ބުނޭ.

އާމިރު ހާން އާއި އޭނާގެ ދޮށީދަރި ޖުނެއިރު. ޖުނެއިދު ބޮލީވުޑާ ގުޅޭނެކަން ނޭގެކަމަށް އާމިރު ބުނޭ.

ދަރިފުޅު ޖުނައިދު ބޮލީވުޑާއި ގުޅުމުގެ ވިސްނުމެއް ގެންގުޅޭކަމުގެ އެއްވެސް މައުލޫމާތެއް ލިބިފަ ނުވާ ކަމަށް ބޮލީވުޑްގެ ތަރި އާމިރު ޚާން ބުނެފި އެވެ.

އާމިރު ޙާން ބުނީ އޭނާގެ 21 އަހަރުގެ ދަރިފުޅު ޖުނައިދު ކުރިޔަށްދާން ގަސްދުކޮށްފައިވަނީ ކޮން ދާއިރާއަކުންކަން އޭނާއަށް ނޭނގޭ ކަމަށެވެ

. ” ދަރިފުޅު ޖުނައިދު އަހަންނަކަށް އެއްވެސް ކަމެއް ނާންގާ، އަހަރުމެންނަށް އެ ކުދިންނަކަށް މާބޮޑު ގޮތެއް ނުކިޔޭ. އޭނަ ކުރާނީ ކޮން މަސައްކަތެއްކަމެއް އެކަމެއް ކުރާނީ ކޮންއިރަކުން ކަމެއް އަހަރެންނަކަށް ނޭނގޭ. އޭނަ އަހަރެންނަކަށް އެއްވެސް ކަމެއް ކިޔައެއްނުދޭ.” ޖެކީ ޝްރޮފްގެ ދަރިފުޅު ޓައިގަގެ ފުރަތަމަ ފިލްމު ”ހީރޯ ޕަންޓީ” ގެ އިޝްތިހާރު ލޯންޗް ކުރުމަށް ބޭއްވި ހަފްލާގައި އާމިރު ބުންޏެވެ.

މީޑިއާ އިން އޭނާގެ ދަރިފުޅު ގާތުގައި ސުވާލު ކުރުމަށްފަހު އޭނާގެ ދަރިފުޅު ވިސްނާ ގޮތެއް އޭނާއަށް އަންގައިދޭނެ ކަމަށް އުންމީދުކޮށްގެން ހުރި ކަމަށް ވެސް އާމިރު ބުންޏެވެ.

އާމިރުގެ ތިން ކުދިން ތިބެއެވެ. ފުރަތަމަ އަންހެނުން ރީނާއަށް ލިބިފަވަނީ ފިރިހެން ދަރިފުޅު ޖުނައިދުއާ އަންހެން ދަރިފުޅު އިރާއެވެ. އެކްޓާ ޕްރޮޑިއުސަ އާމިރު ތިންވަނަ ދަރިފުޅަކީ މިހާރުގެ އަންހެނުން ކިރަން ރާއޯއަށް ލިބިފަވާ ފިރިހެން ކުއްޖެކެވެ. އޭނާގެ ނަމަކީ އާޒާދު ރާއޯ ޚާންއެވެ. ބޭބީ އާޒާދުއަކީ އެހެން އަންހެނެއް ލައްވާ ވިއްސާފައިވާ ކުއްޖެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top