ފްލައިޓެއްގެ ތެރޭގައި މީހަކު މަރުވާން އުޅެފި

emirates.jpg

ދޫބާއި އިން އިންޑިޔާގެ ހައިދަރާބާދަށް ދަތުރު ކުރަމުން ދިޔަ އެމިރޭޓްސްގެ ފްލައިޓެއްގެ ފާހަނާ ތެރޭގައި ފަސިންޖަރަކު އަމިއްލައަށް މަރުވާން އުޅެފި އެވެ.

މި މަހުގެ 4 ވަނަ ދުވަހު ހިނގި މި ހާދިސާގައި، އެ މީހާ ފެނިފައި ވަނީ ފްލައިޓުގެ ފާހަނާ ތެރޭގައި ބޮޑެތި ޒަޚަމްތަކަކާ އެކު އޮއްވަ އެވެ.

ގައިން ގަދަޔަށް ލޭ އަންނަމުން އައި އިރު، މި މީހާގެ ކަރާއި ފަޔާއި އަތުގައި ވެސް ޒަޚަމްވެފައި ހުރި ނިޝާންތައް ހުއްޓެވެ.

އޭނާ އަމިއްލަ ނަފްސަށް ދީފައިވާ ޒަޚަމްތަކަށް ބޯޓުގެ ކްރޫއިން ވަނީ ބޯޓުން ދެވެން ހުރި ހުރިހާ ފަރުވާއެއް ދީފަ އެވެ. އަދި ހައިދަރާބާދަށް ބޯޓު ޖެއްސުނުހާ އަވަހަށް އޭނާ ވަނި ހޮސްޕިޓަލަށް ގެންގޮސް، ފަރުވާ ދީފަ އެވެ.

އެމިރޭޓްސް އިން ބުނާ ގޮތުން އޭނާ ހޮސްޕިޓަަލަށް ގެންދިޔަ އިރު އޭނާ ހުރީ ހަމަ ހޭ ގަ އެވެ.

އޭނާއަށް ފަރުވާ ދެމުން އަންނަ އިރު، އޭނާ އަމިއްލަ ނަފްސަށް ގެއްލުން ދޭން ބޭނުން ކުރީ ކޯއްޗެއް ކަމާއި، އަމިއްލައަށް މަރުވާން އުޅުނީ ކީއްވެގެން ކަމެއް ސާފު ވެފައެއް ނުވެ އެވެ.

މުހައްމަދު އިމްތިޔާޒު ނަމަކަށް ކިޔާ މި މީހާ އަކީ ދުބާއީގައި ޑްރާފްޓްސްމަން އެއްގެ ވަޒީފާ އަދާ ކުރާ 30 އަހަރުގެ މީހެކެވެ.

އިންޑީޔާގެ ބައެއް ނޫސް ތަކުން ބުނާ ގޮތުން، މީނާ އަމިއްލަ ހަށިގަނޑަށް ޒަޚަމްތަކެއް ދިނީ ރޭޒަރު ތިލައެއް ބޭނުން ކޮށްގެންނެވެ. އެހެން ނަމަވެސް މި ކަމާ ބެހޭ ގޮތުން އެމިރޭޓްސް އެއާލައިން އިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top