އަނގައިން ނުބައިވަސް ދުވާތަ؟

Remove-Bad-Breath-In-5-Minutes-and-Destroy-All-Bacteria-in-Your-Mouth-600x300.jpg

އަނގައިން ނުބައިވަސް ދުވުމަކީ އެކަކުވެސް ބޭނުންވާނެ ކަމެއް ނޫނެވެ. އެމީހާވެސް އެކަމާ ލަދު ދަންނާނޭ ކަމެކެވެ. އެހެންނަމަވެސް މިއީ ހައްލެއް ނެތް ކަމެއް ނޫނެވެ. މާބޮޑު މަސައްކަތަކާ ނުލައި ހައްލު ހޯދިދާނެ ކަމެކެވެ.

އަނގައިން ނުބައި ވަސް ދުވުމުގެ އެއް ސަބަބަކީ އަނގައިގެ ސާފުތާހިރުކަން ކުޑަވުމެވެ. ގަވާއިދުން ދުވާލަކު ދެއިރު ދަތް އުނގުޅުމާއެކު ދަތްތައް ސާފު ކުރާނަމަ އަނގައިން ނުބައިވަސްދުވުން ވަރަށް ބޮޑުތަން ކުޑަކޮށްދެއެވެ.  ދެވަނަކަމަކީ އަނގަދޮވުމަށް ޚާއްސަކޮށް އުފައްދާފައި ހުންނަ ފެނުން އަނގަ ދޮވުމާއެކު ދެދަތް ދޭތެރެ ސާފު ކުރުމަށް ޑެންޓަލް ފްލޮސް ނުވަތަ އެފަދަ އެހެން އެއްޗަކުން ވިޔަސް ސާފު ކުރުމެވެ. އެކަމަކު ތައްޔާރީ މައުތުވޮޝް ގައިވެސް ސައިޑް އިފެކްޓާއި ކެމިކަލް އެކުލެވިގެންވާތީ އެންމެ މޮޅުގޮތަކީ އަމިއްލަ އަށް މިކަހަލަ މައުތުވޮޝްއެއް ނުވަތަ އަނގަ ދޮންނަ ބޭހެއް ތައްޔާރު ކުރުމެވެ.

މިއީ ވަރަށް ކާމިޔާބު އަދި އަވަހަށް ނަތީޖާ ލިބޭނެ ފަރުވާއެކެވެ.

ބޭނުންވަނީ

1 ތަށި ފެން

2 ލުނބޯ

1ސައިސަމުސާ މާމުއި / ބޭކިންސޮޑާ

ބައި ސައިސަމުސާ ފޮނިތޮށި

ހަނދާނެގޮތް

މާމުއި އަދި ފޮނިތޮށި މިކްސް ކޮށްލާފައި ތައްޓަށް އަޅާލާށެވެެ. ދެން ލެމަންޖޫހާއެކު ތާފަނާ ފެންކޮޅު އަޅާފައި ރަނގަޅަށް ގިރާލާށެވެ. މިހާރު އެހެރީ މޮޅު މައުތު ވޮޝްއެއް ނުވަތަ އަނގަދޮންނަ ބޭހެއް ތައްޔާރު ކުރެވިފައެވެ. ދުވާލަކު ދެއިރު މިއިން އަނގަދޮވުމުން އަނގައިގެ ބަލިތަކުގެ އިތުރުން ހުރިހާ ބެކްޓީތިޔާއެއްވެސް ނެތިގެންދާނެއެވެ. މި ގޮތަށް އަނގަ ދޮންނަނަމަ ހެނދުނު ހޭލެވުމާއެކު ނޭވާލުމަށްވެސް ނިކަން ފަސޭހަވާނެއެވެ.

މީގެ އެހެން ފަރުވާއަކީ އެޕަލްސިޑަރ ވިނިގަރ ފެނާ އެއްކޮށްގެން މައުތު ވޮޝްއެއްގެ ގޮތުގައި ބޭނުންކުރުމެވެ. އަނގައިން ނުބައިވަސް ދުވުން ފިލާނެއެވެ.

ބޭކިންސޮޑާ އާ ފެނާ އެއްކޮށްގެން ބޭނުންކުރާނަމަވެސް އަގައިން ނުބައިވަސް މުޅިން ކެނޑިގެންދެއެވެ. ބޭކިންގސޮޑާއިން ދަތް އުނގުޅަމަކީ ދަތްތައް ހުދުވެ އަނގައިން ނުބައިވަސް ފިލުވިދާނެ ފަސޭހަ ގޮތެއްވެސް މެއެވެ.

މަސްދަރު : ހެލްތީ ލައިފް

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top