ކެޓްރީނާ ސޮނެވާފުށީގައި.

katrina_1200x768.jpg

ކެޓްރީނާ ،ސޮނެވާފުށީގައި

ބޮލީވުޑްގެ ރާނީގެ ގޮތުގައި މަޝްހޫރުވެފައިވާ ކެޓްރީނާ ކައިފް ސޮނެވާފުއްޓަށް އަތުވެއްޖެ އެވެ. ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުން ކެޓްރީނާ މިފަހަރު ސޮނެވާފުއްޓަށް އައިސްފައިވަނީ ފޮޓޯ ޝޫޓިންގ އަކަށެވެ.

މީގެ ކުރިންވެސް ކެޓްރީނާ ކައިފް ވަނީ ރާއްޖެ އައިސްފައެވެ.

ރާއްޖެ އައިސް ރާއްޖޭގައި ނަގާފައިވާ ފޮޓޯއެއް އިންސްޓަގްރާމްގައި ހިއްސާ ކުރަމުން އޭނާ ބުނެފައިވަނީ “ދުނިޔެމަތީގެ ސުވަރުގެ” ފެނިއްޖެ ކަމުގައެވެ.

ކެޓްރީނާ ރާއްޖެ އަންނަކަން ބޭރުގެ ނޫސްތަކުން އިއްޔެ ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން އިއްޔެ ކެޓްރީނާ ވަނީ، އޭނަގެ ގާތް ރަހުމަތްތެރިޔާ އަދި މޭކަޕް އާޓިސްޓް ޑޭނިއަލް ސީ ބައޮރް ގެ ފޮޓޯއެއް މުމްބާއިގެ އެއާޕޯޓުގައި ހުއްޓާ އިންސްޓަގްރާމް ސްޓޯރީއަށް ލައިފައެވެ.

އެންމެ ފަހުން އިއްޔެ އޭނާ ސޮނެވާގައި މުސަޅުތަކަކަށް ކާންދެމުން އިންސްޓްރަގްރާމްގައި ކޮށްފައިވާ ޕޯސްޓެއްގައި ލިޔެފައިވަނީ ހެނދުނުގެ ބްރެކްފާސްޓް ޕާޓްނަރުންނާއެކު ނަގަނީ ކަމަށެވެ.

ކެޓްރީނާ އެންމެ ފަހުން ފެނިފައިވަނީ 2019 ގައި އަލީ ޒަފަރްގެ ބާރާތު އިންނެވެ. އޭނާ ދެން އަވަހަށް ފެނިގެން ދާނީ އަކްޝޭ ކުމާރާއާއެކު ރޯހިތު ޝެޓީގެ ސޫރިޔާވަންސީ އިންނެވެ. މި ފިލްމް އާއްމުންނާ ހަމައަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ މާޗްގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top