އަމީތާބް، ދަރިންގެ ޅައިރުގެ ހަނދާންތައް ޝެއަރކޮށްފި

BigB-ShwetaBachchan-Abhishek-Bachchan-1.jpg

އަމީތާބް ، ދެދަރިން ކަމުގައިވާ ޝްވޭތާއާއި އަބީޝެކް އާއެކު

އަމީތާބް ބައްޗަންއަކީ އަބަދުވެސް މީޑިއާގައި ވަރަށް ހޮޓް މީހެކެވެ. މީޑިއާއާ ވަރަށް ރައްޓެރި، އަމިއްލަ ދިރިއުޅުމުގެ ކަންކަމާއި މާޒީގެ ހަނދާންތައްވެސް މީޑިއާއާއި ހިއްސާކުރަމުން އަންނަ މީހެކެވެ.

މިއަދު ބިގްބީ އޭނާގެ ޓުވިޓަރުގައި ޝެއަރކޮށްފައިވަނީ ދެދަރިން އަބީޝެކް އާއި ޝްވޭތާގެ ޅައިރުގެ ފޮޓޯއެކެވެ.

އޭނާ ލިޔެފައިވެއެވެ. ” 40 އަހަރު ފުރޭ އަމަރް އަކްބަރް އެންތޮނީގެ ހަނދާންތައް އާކުރަމުން ދާއިރު މިއީ ޝްވޭތާއާއި އަބީޝެކް އާ ދެކުދިން އެފިލްމް ޝޫޓްކުރަމުން ދިޔައިރު އަހަންނާ ބައްދަލު ކުރުމަށް އައިސް ނަގާފައިވާ ފޮޓޯއެކެވެ. އެދުވަހު އަހަރެން ކުޅެމުންއައީ އެފިލްމްގެ ލަވައެއްކަމުގައިވާ “މައިނޭމް އިޒް އެންތޮނީ ގޮންސެލްވްސް “އެވެ.

އަމީތާބް ގެ އަންނަން އޮތް ފިލްމަކީ ވިޖޭކްރިޝްނާ ޑައިރެކްޓްކޮށްފައިވާ “ތަގްސްއޮފް ހިންދުސްތާނީ “އެވެ. އެފިލްމްގައި އަމީތާބްއާއެކު ބައިވެރިވަނީ އާމިރްޚާންއާއި ކެޓްރީނާ ކައިފް އަދި ފާތިމާ ސަނާ ޚާން އެވެ. މި ފިލްމްގެ 45 ދުވަހުގެ ޝޫޓިންގއަކަށް އާމިރްއާއި ފާތިމާ އިއްޔެ ވަނީ ފުރާފައެވެ.

އަމީތާބްގެ ފިލްމީ ދުނިޔޭގެ ރަންޒަމާނުގައި އޭނާ މަޝްހޫރުވެގެން ގޮސްފައިވަނީ ދި އެންގެރީޔަންގ މޭން ގެ ގޮތުގައެވެ. ފިލްމީ ދުނިޔޭގައި ރަސްކަންކުރި އަމީތާބްގެ ރީތި އަބަދުވެސް ރީތި ފިލްމްތަކުގެ ތެރޭގައި ޒަންޖީރް ،ދިވާރް، ޝޯލޭ ،ޑޮން އަދި މުގައްދަރުކާ ސިކަންދަރް ހިމެނެއެވެ.

ބިގްބީ މިހާރު ޝޫޓްކުރަމުން އަންނަނީ 102 ނޮކްއައުޓް ކިޔާ ފިލްމެކެވެ. އެފިލްމްގައި އޭނާ ފެންނަނީ 102 އަހަރުވެފައިވާ މީހެއްގެ ގޮތުގައި ރިޝީކަޕޫރާ އެކުގައެވެ.  

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top