ޚަރަދުތައް ކުޑަކޮށް، ކުޅިވަރު މުބާރާތްތައް ނުބާއްވަން އަންގައިފި

381712_3_812880aa3dadec228ab9780753f9f351e4cec8f7_large.jpg

ލޯކަލް ގަވަނަންސް މިިނިސްޓަރު އާދަމް ޝަރީފް: ކައުންސިލްތަކުގެ ހަރަދު ކުޑަކުރަން ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ އަންގާފައި --- ފޮޓޯ/މިހާރު

ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ މި ދަނޑިވަޅުގައި ކައުންސިލްތަކުގެ ޚަރަދު ކުޑަކުރުމަށް ކުޅިވަރު މުބާރާތްތަކާއި ދަތުރުތަކާއި ހަފްލާތައް މަޑުޖައްސާލުމަށް ސަރުކާރުން އަންގައިފިއެވެ.

އެކަން އަންގަވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު މިއަދު ކައުންސިލްތަކާއި ރަށު ކައުންސިލްތަކަށް ފޮނުއްވި ސާކިއުލާ އެއްގައެވެ.

އެ ސާކިއުލާގައި ބުނެފައިވަނީ ރާއްޖޭގެ ދަރަނި ބޮޑުވުމުގެ ސަބަބުން މި ވަގުތު އިގްތިސާދަށް ކުރިމަތިވެފައިވާ ގޮންޖެހުމުން އަރައިގަތުމަށާއި ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށް ސަރުކާރުން މިހާރު މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށެވެ.

އެހެންކަމުން ކައުންސިލްތަކުން ހާއްސަ އިސްކަމެެއް ދެއްވުމަށް ދަންނަވާ ކަމަށް އެ ސާކިއުލާގައި ވެއެވެ.

އެގޮތުން މިވަގުތު ކޮންމެހެން ކުރައްވަން ޖެހޭ ހަަރަދުތައްް ނޫނީ ނުކުރެއްވުމަށާއި ކޮންމެެހެން ކުރައްވަން ޖެހޭ ދަތުރުތައް ނޫނީ ނުކުރެއްވުމަށާއި މުނާސަބަތަކާ ގުޅިގެން ކޮންމެހެން ބާއްވަން ޖެހޭ ޖަލްސާއެއް ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ނުބޭއްވުމަށާއި، އެއްވެސް ހަލްފާއެއް ނުވަތަ ކުޅިވަރުގެ މުބާރާތެއް މި ދުވަސްވަރު ނުބޭއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް އަންގަވާފައި ވެއެވެ.

ހަމައެހެންމެ ރާއްޖެއިން ބޭރަށް ކޮންމެހެން ކުރަންޖެހޭ ދަތުރެއް ނޫނީ ނުކުރުމަށާއި މުނާސަބާތަކާއި ގުޅިގެން ކޮންމެހެން ބާއްވަންޖެހޭ ޖަލްސާއެއް ނޫނީ ނުބޭއްވުމަށްވެސް ސާކިއުލާ ގައި އެދިފައިވެއެވެ.

މީގެ އިތުރުން ކުޅިވަރު މުބާރާތްތައް މި ދުވަސްވަރު ނުބޭއްވުމަށާއި ސަރުކާރުގެ އިދާރާތަކާއި ބައްދަލުކުރުމަށް މާލެ އައުމުގެ ބަދަލުގައި އޮންލައިންކޮށް ބައްދަލުކުރުމަށް ސިޓީގައި ވަނީ އެދިފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު މިހާރު އޮތް ގޮތުން ސަރުކާރުން ވަނީ ޚަރަދު ކުޑަކުރުމުގެ ގޮތުން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. އެގޮތުން ކުރިއަށް މިއޮތް މިނިވަން ދުވަހުގެ ހަރަކާތްތައް ވެސް ނުބޭއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top