ބަލިވެ އިނީހެއްޔެވެ؟

bảo-hiểm.jpg

ބަލިވެ އިނުމަށްފަހު ކޮންމެ މައެއްގެވެސް އެންމެބޮޑު އެދުމަކަށްވާނީ ލިބެންއުޅޭ ދަރިފުޅަކީ ހުރިހާ ގޮތަކުންވެސް ފުރިހަމަވެފައިވާ ދުޅަހެޔޮ ކުއްޖެއްކަމުގައި ވުމެވެ. މިއުންމީދު ހަގީގަތަކަށް ހެދުމަކީ އެހާ އުދަނގޫ ކަމެއްނޫނެވެ.ކުރަންވީކަމަކީ މައިމީހާގެ ކާނާ އަށް ކުޑަކުޑަ ބަދަލެއް ގެނައުމެވެ. ބައެއްބާވާތުގެ ކާނާއިން ދުރުހެލިވުމާއެކު ބައެއްބާވަތުގެ ކާނާ ކޮންމެ ދުވަހެއްގެ ޑައިޓްގައިވެސް ހިމެނުމެވެ. ވިސްނަންޖެހޭ ތަންކޮޅަކީ ދަރިފުޅު މައިމީހާގެ ބަނޑުގައި ގަރުބަގަތީއްސުރެ އޭނާ ކާނާ ހޯދަނީ މައިމީހާ ކައިބޮއި އުޅޭ އެއްޗަކުންކަމެވެ. އެހެންކަމުން މައިމީހާ ކާއެއްޗިއްސަކީ ދަރިފުޅަށް އެންމެ ކަމުދާ އެންމެރަނގަޅު އެއްޗިއްސަށް ވާން ޖެހެއެވެ.

ބަލިވެ އިނުމުން ދަރިފުޅަށް ޓަކައި ކާންޖެހޭ އެންމެ މުހިއްމު އެކައްޗަކީ މަހެވެ. ރެއްސާ މުށިމަސް ފާޑުގެ ކުދިމަހަކީ ދަރިފުޅުގެ ނާރުތަކަށާއި ސިކުޑި ތަރައްގީ ކުރުމަށް ވަރަށް ބޭނުންތެރި އެއްޗެކެވެ. ހަފްތާއަކު ބާރައައުންސް ފުދޭނެއެވެ.ކަނޑު މަސްނަމަ ހަފްތާއަކު6 އައުންސް  ފުދޭނެއެވެ.

ރަނގަޅަށްނުކެކިހުންނަމަހާ ދަޅުގައި ބަންދުކޮށްފައިހުންނަ އެކިވައްތަރުގެމަސްމަހަކީ މާބަނޑުދުވަސްވަރު ކެއުން ރަނގަޅު އެއްޗިއްސެއް ނޫނެވެ. އަދި ޗީޒްއާއި ޕަކެޓްކޮށްފަހުންނަ ޖޫހަކީ ބައެއް އަންހެނުންނަށް ވަރަށްމީރުއެއްޗެތިކަމުގައިވިޔަސް ބަލިވެއިނުމާއެކު މިބާވަތުގެކާނާ ވީހާވެސްމަދުން ބޭނުންކުރުމަކީ ދަރިފުޅުގެ ސިއްހަތަށްޓަކނުހަނު ބޭނުންތެރި ކަމެކެވެ.

ހަމަ މިގޮތަށް ކެފެއިންހުންނަ ކޮންމެ އެއްޗަކީވެސް  މާބަނޑުވުމުން ބޭނުންކުރުން އެހާ ރަނގަޅު އެއްޗެއްނޫނެވެ.ބައެއް އަންހެނުންނަކީ ކޮފީއާނުލާ ނޫޅެވޭވަރަށް އެއަށް ދެވިހިފާފައިވާ މީހުންނެވެ.އެކަމަކު އެފަދަ މީހަކުވެސް ދުވާލަކު ބޭނުންކުރަންވާނީ 200މިލިގްރާމެވެ. ހަނދާންކުރައްވާށެވެ. ކޮފީތައްޓެއްގައި 95މިލިގްރާމް އަދި ސައި ތައްޓެއްގައި 45މިލިގްރާމްގެ ކެފެއިން އެކުލެވިގެންވެއެވެ.

މަސްތުވާ އެއްވެސް އެއްޗެއް ބޭނުންކުރުމަކީ ބަނޑުގައިވާ ދަރިފުޅަށް  ބޮޑެތި ގެއްލުން ލިބޭ ކަމެކެވެ. ހެދި ބޮޑުވުމާ އައިބުވުމުގެ އިތުރުން ސިކުނޑިއަށް ހީވެސްނުކުރާވަރުގެ ބޮޑެތި ގެއްލުން ލިބެއެވެ. އެހެންކަމުން އަލްކަހޯލް އާއި ޑްރަގްގެ ކޮންމެ އެއްޗެއްބޭނުންކުރިޔަސް އެކަމުގެ ގެއްލުން އެލިބެނީ މައިމީހާ އަށާއި އަންނަން އޮތް ދަރިފުޅުގެ މުޅި މުސްތަގްބަލަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top