އޮކްޓޫބަރު 3 ސަރުކާރު ބަންދު

219821_3_4edc78db319aa573a28cb0849bf50dde75b468de_large.jpg

ރައީސް އޮފީސް

އަންނަ އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ މި އަހަރުގެ އޮކްޓޫބަރު މަހުގެ ތިން ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރޭ ދުވަސް ކަމަށް ވާތީއާއި މި އަހަރަކީ [ގައުމީ ފަތުރުވެރިކަމުގެ ދުވަސް] ފުރަތަމަ ފަހަރަށް ފާހަގަކުރާ އަހަރު ކަމަށް ވުމާއެކު އެ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރުމުގެ ގޮތުން އޮކްޓޫބަރު 3 ވާ ހޯމަ ދުވަސް، ސަރުކާރު ބަންދު ކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުއްވާފައިވާ ކަމަށެވެ.

އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ޤައުމީ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރު ނިންމަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރައްވާފައިވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ގުނަން ފެށުމަށް މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު ކުރުނބާ މޯލްޑިވްސްގައި ބޭއްވި ޚާއްސަ ހަފްލާ ޝަރަފްވެރިކޮށްދެއްވަމުންނެވެ.

ރާއްޖޭގައި ހުުޅުވުނު ފުރަތަމަ ރިސޯޓަކީ މާލެއަތޮޅު ވިހަމަނާފުށީގައި، 1972 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 3 ވަނަ ދުވަހު ހުޅުވި ކުރުނބާ ވިލެޖް ނުވަތަ މިހާރުގެ ކުރުނބާ މޯލްޑިވްސްއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top