ކޭކު އަޅަން ދަސްކޮށްދޭ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް ފަށަނީ

b.day_.png

އީއެފް އީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާރޓްސް އާއި ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތް ލިންކޭޖް (ފޭލި) ޖަމިއްޔާ ގުޅިގެން ކޭކު އަޅަން ދަސްކޮށްދޭ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް ހިންގުމަށް ތައްޔާރުވެއްޖެކަމުގައި ފޭލި ޖަމިއްޔާއިން ބުނެފިއެވެ.

އެ ޖަމިއްޔާގެ ނައިބު ރައީސް މުހައްމަދު ރަޝީދު ވިދާޅުވި ގޮތުގައި ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޝަން ކޯސް 1 އަދި ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޝަން އެޑްވާންސް ކޯސް ހިންގުމަށް ހަމަޖެހިފައި ވަނީ އަންނަ ފެބްރުއަރީ މަހު އޭދަފުށީގައެވެ.

އެމެރިކާގެ ވިލްޓަންގެ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ ސެޓްފިކެޓެއް ލިބޭ މިކޯސްތަކުގައި ކިޔަވައިދެއްވާނީ އީއެފް އީއެސް އިންސްޓިޓިއުޓް އޮފް ކޭކް ޑެކަރޭޝަން އެންޑް އާރޓްސްގެ ކޮލިފައިޑް ލެކްޗަރާއިންނެވެ.

ކޯހުގައި ބައިވެރިވާ ފަރާތްތަކަށް ކޭކު ހަދަން ބޭނުންކުރާ ހުރިހާ ސާމާނެއް މުޅިން ހިލޭ ލިބޭ މިކޯސްތަކުގައި ބައިވެރި ވުމުގެ ފުރުސަތު މިހާރު ވަނީ ބ އަތޮޅުގެ ހުރިހާ ރަށަކަށްވެސް ހުޅުވާލެވިފައެވެ.

” މި ކޯސްތައް އަމާޒު ކޮށްފައިވާނީ މުޅި ބ އަތޮޅަށް  ، ބައިވެރިންނަށް ކޭކު އަޅަން ބޭނުންވާ ކިޓް އެއްކޮއް ލިބޭނެ. މިއީ ބައިނަލް އަގްވާމީ ފެންވަރުގެ ކޯސްތަކެއް، 10 ދުވަހުން މުޅި ސިލަބަސް ކަވަރ ކޮށްދެވޭނެ، އަޅުގަނޑުމެންގެ އަމާޒަކީ ގޭގައި ތިބެގެން ނަފާ ހޯދަން ބޭނުންވާ މީހުންނަށް ވީހާވެސް ކައިރިން ތަމްރީން ޕްރޮގްރާމްތަށް ހިންގޭނެ ގޮތްތަކެއް ފަހިކޮއްދެއްވުން. މިއީ އިންޓަނޭޝަނަލް ފެންވަރުގެ މިކަހަލަ ކޯސްތަކެއް ބ އަތޮޅުގައި ހިންގޭ ފުރަތަމަ ފަހަރު” ފޭލި ” ޖަމިއްޔާގެ ނައިބްރައީސް މުހައްމަދު ރަޝީދު ވިދާޅުވިއެވެ.

ރަޝީދު ވިދާޅުވީ ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޝަން ކޯސް 1 ގެ ކޯސް ފީއަކީ -/2700 ރުފިޔާ ކަމަށާ ވިލްޓަން މެތަޑް އޮފް ކޭކް ޑެކަރޭޝަން އެޑްވާންސް އެޑްވާންސް ކޯހުގެ ފީއަކީ -/3500 ރުފިޔާ ކަމުގައެވެ.

ކޮންމެ ކޯހަކަށް ވެސް އޮތީ އެންމެ 20 ޖާގަ ކަމަށާއި އިތުރު މައުލޫމާތު ހޯއްދެވުމަށް 7991220، 7916465 އަދި 9631111 އާ ގުޅުއްވުމަށް “ފޭލި ” ޖަމިއްޔާއިން އެދިވަޑައިގަންނަވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top