ދައުލަތުގެ ރިޒާވް ހެސްކިޔާފައި ދަށަށް

6DEF8E89-CEF1-4D01-B6CA-80ADE682BDD3.jpeg

ރާއްޖޭގެ ރިޒާވް، ހިފެހެއްޓުމެއްނެތި ހެސްކިޔާފައި ދަށަށް ދާކަމަށް އެމްއެމްއޭގެ ހިސާބުތަކުން ދައްކައިފިއެވެ.

އެމްއެމްއޭގެ ޖުލައި މަހުގެ މައުލޫމާތުތައް ދައްކާ ގޮތުގައި ޖޫންގައި މިހާރު ރާއްޖޭގެ ޖުމްލަ ރިޒާވްގައި ހުރީ 750 މިލިއަން ޑޮލަރެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ 11.5 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ އެ މުއްދަތުގެ ނިޔަލަށް ބަލާނަމަ ރިޒާވްގައި 807.9 މިލިއަން ޑޮލަރު، ރުފިޔާ އިން ނަމަ 12.4 ބިލިއަން ރުފިޔާ ހުއްޓެވެ. އެހެންވެ މި ދަށްވުމަކީ ގާތްގަނޑަކަށް 57 މިލިއަން ޑޮލަރުގެ އުނި ވުމެކެވެ.

ހިސާބުތައް ދައްކާ ގޮތުގައި ޖުމްލަ ރިޒާވް ދަށްވުން އަދިވެސް ހުރީ ކުރިއަށެވެ. މި އަހަރުގެ ޖޫން މަހު ރިޒާވްގައި 912.4 މިލިއަން ޑޮލަރު ހުރި ނަމަވެސް މިހާރު މިވަނީ ބޮޑުތަނުން ދަށްވެފަ އެެވެ.

ރިޒާވް ދަސްވާނެ ކަމަށް މާހިރުން ބުނަމުން ގޮސްފައި ވަނީ ދުނިޔެއަށް ކުރިމަތިވެފައިވާ އިންފްލޭޝަން މައްސަލައާއެކު ކާބޯތަކެތި އެތެރެ ކުރަން ކުރަން ޖެހޭ ހޭދަމަތި ވުމެވެ. ރާއްޖެއަކީ 90 ޕަސެންޓް އިމްޕޯޓް ކުރާ ގައުމަކަށްވާއިރު ރާއްޖޭގެ މުޅި ނިޒާމް އޮތް ގޮތުން އެންމެ ބޮޑު ހޭދައެއް ކުރަން ޖެހެނީ ތެލަށެވެ.

ޖުމްލަ ރިޒާވް ދަށްވެފައިވާއިރު ރާއްޖޭގެ ޔޫޒަބަލް ރިޒާވް ވެސް ދަށްވާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާރު ބޭނުން ކުރެވޭ ރިޒާވްގެ މައުލޫމާތު ހާމައެއް ނުކުރެ އެވެ. މިހާރުވެސް ރާއްޖޭގައި ފަސް މަހަށް ބޭނުންވާ އިމްޕޯޓުގެ ފައިސާ ހުންނާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ރާއްޖޭގައި އާއްމު ގޮތެއްގައި ހުންނަނީ ދެ މަހުގެ އިމްޕޯޓުގެ ފައިސާ އެވެ. އެއީ ގާތްގަނޑަކަށް 150 އާއި 200 މިލިއަން އެމެރިކާ ޑޮލަރެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top