ދިވެހި ފިލްމު “ބޮސް” އޭދަފުށި ސްކްރީނަށް

22221700_2042742755946766_2116711854341337016_n.jpg

ފާތުމަތު ނަހުލާގެ އަސަރުގަދަ ލޯބީގެ ފިލްމް “ބޮސް” އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޭދަފުށީ މަލްޓިޕާޕަސް ހޯލްގައި އަޅުވަން ހަމަޖެހިއްޖެއެވެ.

އަންގާރަދުވަހު އޮލިމްޕަހުގައި ޕްރިމިއަރ ކުރި މިފިލްމް އޭދަފުށީގައި އަޅުވާނީ ފަހަކަށް އައިސް އޭދަފުށިގައި ދިވެހި ފިލްމްތައް ބޮޑްސްކްރީންގައި ދައްކަމުން އަންނަ ކްލަބް ދަބިގިނާސްއިންނެވެ.

ބިގިނާސްގެ މީޑިޔާ ޑިރެކްޓަރ ރަމީޒް ޔޫސުފް ބުނީ ބޮސްގެ ޓިކެޓް ވިއްކާނީ -/100ރ އަށްކަމަށާ، މާދަމާ (ހުކުރު ދުވަހު) ހަވީރު 4 ން ފެށިގެން ކުރީގެ “ބަންބަން ކެފޭ” އިން ޓިކެޓް ލިބެން ހުންނާނެކަމަށެވެ. އޭނާބުނީ އަދި ހަމަޖެހިފައިވަނީ 2ޝޯ އެޅުވުމަށް ކަމަށާ، ސަޕޯޓް ލިބޭ ވަރަކަށް ބަލާފައި 3 ޝޯ އެޅުވުމާމެދު ވިސްނާނެކަމަށެވެ.

“ބޮސް” އަކީ ނަހުލާގެ ސްކްރިޕްޓަކަށް، އައިޝަތު ރިޝްމީ ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ފިލްމްގެ ލީޑް ރޯލް ކުޅެފައި ވަނީ އަލަށް ތައާރަފުވާ މުހައްމަދު ޔުނާންއާ އެކު، މަރިޔަމް އައްޒަ އެވެ. އަދި ފިލްމުގެ ވަރަށް މުހިއްމު ރޯލްތަކުން އިބްރާހީމް ޖިހާދު (ޖިމީ)، ފާތުމަތު އާޒިފާ (އަޒޫ)، އަލީ އާޒިމް (ދޮންއައްޔަ) އަދި އަލީ ޝަމީލް ވެސް ފެނިގެން ދާނެ އެވެ.

ކްލަބް ދަބިގިނާސް އިން މިދިޔަމަހު ވަނީ ދިވެހި ފިލްމް “ހައްދު” އަދި “ނޭދެން ވަކިވާކަށް” ވެސް އޭދަފުށީގައި ދައްކާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top