ރިސޯޓު މުވައްޒަފުންނަށް ރަށަށް ދެވޭގޮތް ވަނީ!

Resort-muvahzzafun.jpeg

ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރާ ދިވެހިން

ރިސޯޓު ތަކުގައި މަސައްލަތް ކުރާ މުވައްޒަފުންގެ ތެރެއިން ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް ކަރަންޓީން ވުމަކާ ނުލާ ރަށަށް ދެވޭ ގޮތް ހަދައިފިއެވެ.

އެކަން ހާމަކުރީ ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދުކުރެއްވި ޓްވީޓެއްގައެވެ.

މައުސޫމް ވިދާޅުވީ ރިސޯޓު މުވައްޒަފުން ވެކްސިން ފުރިހަމަކޮށް 14 ދުވަސް ވުމުން ޕީސީއާރު ޓެސްޓުން ފާސްވެގެން ކަރަންޓީނުވާން ނުޖެހި [މޮނިޓަރިންގައި އޮންނަ ރިސޯޓު އަދި ރަށްތައް ފިޔަވާ] ރަށަށް ދެވޭ ގޮތައް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވީތީ އުފާ ކުރައްވާ ކަމަށެވެ. އަދި ވިދާޅުވީ އެކަމުގެ ތަފުސީލު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން ލިބުމުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓުތަކަށް އަންގާނެ ކަމަށެވެ.

މިފަދަ ލުޔެއް ދޭން ނިންމާފައި މިވަނީ މިކަމާއި ގުޅިގެން ރިސޯޓުތަކުގައި މަސައްކުރާ މުވައްޒަފުން އެތައް ޝަކުވާއެއް ކޮށްފައި ވަނިކޮށެވެ.

މިކަމާއި ގުޅިގެން އެޗްޕީއޭ އިން އަދި އެއްވެސް ހާމައެއް ނުކުރެއެވެ.

އެހެންނަމަވެސް މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މެންދުރު 2:30 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި އިތުރު ބައެއް ލުއިތައް އިއުލާން ކުރާނެއެވެ.

މިހާރު އެޗްޕީއޭ އިން ކަނޑައަޅާފައިވާ ގޮތުން ނަމަ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އަދި އެއްވެސް ލުޔުއް ދޭން ނިންމާފައެއް ނުވެއެވެ. އޭގެ ބަދަލުގައި ލުއި ދޭން ނިންމާފައިވަނީ ކޮވިޑް ޖެހި ރަނގަޅު ވެފައިވާ މީހުންނަށެވެ

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top