އިނގުރައިދޫގައި ކަރަންޓީނާއި ޚިލާފުވި މީހަކު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފި

big_Jln4mtU537QmUAUMVj20ClltM.jpg

ރ.އިނގުރައިދޫ

ރ. އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުން ދީފިއެވެ.

ފުލުހުން ބުނީ އިނގުރައިދޫގައި ކަރަންޓީނުގައި ހުރި މީހަކު، ކަރަންޓީން އުސޫލާ ހިލާފަށް މިއަދު ހަވީރު ބޭރަށް ނުކުމެ، އެރަށު ޕޮލިސް ސްޓޭޝަނަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އެމީހާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ބުންޏެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާ ކަރަންޓީން އުސޫލާ ހިލާފުވެގެން 10،000 ރުފިޔާއިން ވަނީ ޖޫރިމަނާވެސް ކޮށްފައި ކަމަށްވެސް ފުލުހުން ބުންޏެވެ.

ޕޮލިސް ސްޓޭޝަނަށް ދިން ގެއްލުން ފުލުހުން ހާމައެއް ނުކުރެއެވެ. ފުލުހުން އަންނަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top