ދިލިޕްކުމާރު މަރުވެއްޖެ!

119293088_a6e535dd-8821-4d6b-a05f-2a8d92956330.jpg

ދިލިޕް ކުމާރު، 65 އަށްވުރެ ގިނަ ފިލްމު ކުޅެފައިވޭ

ބޮލީވުޑްގެ ލެޖެންޑް އަދި ވެޓެރަން ސުޕަ ސްޓާރ، ދިލިޕްކުމާރު (ޔޫސްފްޚާން )މަރުވެއްޖެއެވެ

ދިލިޕް މަރުވެފައިވަނީ ހާލު ބޮޑުވެގެން ޖޫން 30ގައި މުންބާއީގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައި އޮތުމަށްފަހު އުމުރުން 98 އަހަރުގައި މިއަދުއެވެ.

އޭނާ ފާހަގ ކުރެވިފައިވަނީ 1940ގެ އަހަތުތަކުން ފެށިގެން 1960ގެ އަހަރުތަކުގައި އިންޑިއާ ސިނަމާތަކުގެ ސުޕަސްޓާރުގެ ގޮތުގައެވެ.

ދިލިޕްގެ އަސްލު ނަމަކީ މުހައްމަދު ޔޫސުފް ޚާނެވެ. އުފަންވެފައިވަނީ 1922 ވަނަ އަހަރުގެ ޑިސެމްބަރު 11 ގައި ޕާކިސްތާނުގެ ޕެޝާވަރު ސިޓީއަށެވެ.

ބޮލީވުޑް ކެރިއާގައި 50 އަހަރުގެ ދިގުމުއްދަތެއްގައި 65 އަށްވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށް ސުޕަހީރޯގެ ލަގަބް ހޯދާފައިވާ ދިލިޕްކުމާރު ކުޅެފައިިވާ ގިނަ ފިލްމްތަކަކީ އެވަރގްރީން ފިލްމުތަކުގެ ގޮތުގައި ލޭބަލް ކުރެވިފައިވާ ފިލްމު ތަކެކެވެ. އޭގެ އިތުރުން އެފިލްމުތަކުގެ ލަވަތަކަކީވެސް އަބަދަށް ޒުވާން ލަވަތަކުގެ ގޮތުގައި ބެލެވިފައި ވެއެވެ. ފިލްމް ދީދާރް، އަންދާޒް، މުޣުލޭ އައުޒަމް ފަދަ އެތައް ފިލްމްތަކަކާއި ރީތި ލަވަތަކެކެވެ.

ދިލިޕް ކުމާރު މަރުވުމާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު މޯދީއާއި ބޮލީވުޑް މަޝްހޫރު ތަރި އަމީތާބް ގެ އިތުރު ފިލްމް އިންޑަސްޓްރީގެ މީހުންނާއި އިންޑިއާގެ ސަރުކާރުގެ އެކި ފަންތީގެ މީހުން ދަނީ މީސްމީޑިއާގައި ހިތާމައިގެ މެސެޖްތައް ޕޯސްޓު ކުރަމުންނެވެ.

ހިންދީ ފިލްމީ ތަރި، ސާއިރާ ބާނޫ އާއި ކައިވެނި ކޮށްގެންއުޅެ ރީތި ދިރިއުޅުމެއް ނިންމާލިއިރު އެމީހުންނަށް ދަރިއަކު ލިބިފައެއް ނުވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top