ބ. ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
އެ ރިސޯޓުގެ ލެގޫން ބާ ގައި މިހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ދެނެގަނެވިފައި ނުވިޔަސް މިހާރު ވަނީ އަލިފާންގަނޑު ނިއްވާލާފައިކަމަށް ފުލުހުން މައުލޫމާތު ދެއްވަ އެވެ.
ވައްކަރު މޯލްޑިވްސް ރިސޯޓުގައި އަލިފާން ރޯވެފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް މީސް މީޑިއާގައި ދައުރުވާން ފަށާފައިވާއިރު އަލިފާންގަނޑު ނިއްވާލުމަށް ރިސޯޓު ގިނަ އަދަދެއްގެ މުވައްޒަފުން ހަރަކާތްތެރިވާ މަންޒަރު ވެސް އެވީޑިއޯއިން ފެނިގެން ދެއެވެ.
ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ، ވައްކަރު ރިސޯޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު ފުލުހުނަށް ލިބުނީ މިއަދު މެންދުރު 12:30 ހާއިރު ކަމަށެވެ.
މީޑިއާ އޮފިސަރު ވިދާޅުވީ، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވާ ކަމަށާއި އެކަން ހިނގާދިޔަ ގޮތް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.