“ރަންދިހަފަހެއް”ގެ ނޫޓް ސީރީޒް އާބެހޭ ރޯޑްޝޯއެއް އޭދަފުށީގައި

l_1446394739367hAy.jpg

މޯލްޑިވްސް މަނިޓަރީއޮތޯރިޓީ (އެމްއެމްއޭ)ގެ ފަރާތުން މިމަހު ނެރުމަށް ހަމަޖައްސާފައިވާ “ރަންދިހަފަހެއް” ގެ ނޫޓްތަކަށް އާއްމުން ހޭލުންތެރި ކުރުވުމާއި އެނޫޓްތަކާބެހޭ މައުލޫމާތު ދިނުމަށް މުޅި ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ ޕްރޮގްރާމްގެދަށުން މިއަދު އޭދަފުށީގައި ރޯޑް ޝޯއެއް ކުރިއަށް ދާނެކަމުގައި އެމްއެމްއޭއިން ބުނެފިއެވެ.

ރޯޑްޝޯ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު ކުޅެވޭ ފުޓްބޯޅަމެޗް ހިނގަމުން ދާއިރު އެސަރަހައްދުގައެވެ. މީގެ އިތުރުން މިރޭ މަލްޓިޕާޕަސް ޖަލްސާކުރާ ހޯލްުގައިވެސް މި ނޫޓްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއެް ހިންގުމަށް ހަމަޖެހިފައި ވެއެވެ.

އެމްއެމްއޭއިން ބުނީ ރޯޑްޝޯގެ ތެރެއިން ކުރިއަށް ދާނީ ހަމައެކަނި ނޫޓްތައް ދައްކާލުން ނޫންކަމަށާއި މި ނޫޓްތަކާބެހޭ މައުލޫމާތާއި އެނޫޓްތަކުގެ ސަލާމަތީ ސިފަތަކާ ބެހޭގޮތުންނާ ނޫޓްތަކާބެހޭގޮތުން އާއްމުން ކުރާ ސުވާލުތަކަށް އެމްއެމްއޭގެ މުވައްޒަފުން ޖަވާބުދިނުމަށް ހަމަޖެހިފައވާކަމުގައެވެ.

އެމްއެމްއެގެ ފަރާތުން މިދިޔަ ހަފްތާއިން ފެށިގެން ބ. އަތޮޅުގެ ރިސޯޓުތަކާއި ރަށްރަށުގައި އާނޫޓްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ ސެޝަންތައް އަންނަނީ ބާއްވަމުންނެވެ.

ރަންދިހަ ފަހެއްގައި ހިމެނޭ ނޫޓްތައް ޑިޒައިންކޮށް ކުރަހާފައިވަނީ ބ. ކެންދޫ ޖަވާހިރުމާގޭ އަބްދުﷲ ނަޝާތުއެވެ. މި ނޫޓްސީރީޒްގައި ހިމެނެނީ10، 20، 50، 100، 500 އަދި 1000ރ.ގެ ނޫޓެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top