މި މަހުގެ 15 އިން ފެށިގެން ތައިލެންޑްގައި ވިސާއާ ނުލައި ތިބެވޭނީ 30 ދުވަހު

Pratunam-1244x700-1.jpg

މި މަހުގެ 15 އިން ފެށިގެން ވިސާއާ ނުލައި ދިވެހިންނަށް ތައިލެންޑްގައި ތިބެވޭނީ 30 ދުވަހު ކަމަށް ހާރިޖީ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ.

ހާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ތައިލެންޑްގެ ސަރުކާރުން އެ ގައުމުގެ ވިސާ ޕޮލިސީ އަށް ގެނައި ބަދަލުތައް އޮގަސްޓް 31 ގައި ރަސްމީކޮށް ގެޒެޓްކުރުމާ ގުޅިގެން، މި ސެޕްޓެމްބަރު މަހުގެ 15 އިން ފެށިގެން އެ ބަދަލުތަކަށް އަމަލު ކުރަން ފަށާނެ ކަމަށެެވެ.

އަދި ތައިލެންޑްގެ ވިސާ އަށް މިގެނައި ބަދަލާ ގުޅިގެން ސެޕްޓެމްބަރު 15 އިން ފެށިގެން އެ ގައުމަށް ޒިޔާރަތްކުރާ ދިވެހި ފަތުރުވެރިންނަށް ވިސާއާ ނުލައި، އެ ގައުމުގައި 30 ދުވަހުގެ މުއްދަތަށް ތިބެވޭނެ ކަަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

މި އަހަރުގެ މެއި މަހުގެ ތެރޭގައި ތައިލޭންޑް ސަރުކާރުގެ ކެބިނެޓުން ވަނީ އެ ގައުމުގެ ވިސާ ޕޮލިސީއަށް ބޮޑެތި ބަދަލުތަކެއް ގެނެސް، 93 ގައުމެއްގެ ފަތުރުވެރިންނަށް ވިސާ އާ ނުލައި އެގައުމުގައި ތިބެވޭ މުއްދަތު 60 ދުވަހަށްވުރެ ކުޑަކުރުމަށް ނިންމައިފައެވެ.

އަދި ރާއްޖެ އޮތީ ވިސާ އާ ނުލައި ތައިލޭންޑް އަށް ޒިޔާރަތްކޮށް އެ ގައުމުގައި ތިބުމަށް 15 ދުވަސް ދޭ ގައުމުތަކުގެ ލިސްޓުގައި ކަމަށްވާތީ، ޖޫން 29ގައި ހާރިޖީ ވަޒީރު އިރުތިޝާމް އާދަމް، ތައިލޭންޑް ގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި މިނިސްޓަރު އޮފް ފޮރިން އެފެއާޒް ސީހާސަކް ފޫވަންގްގެޓްގޭއޯ އާ ފޯނުން ގުޅުއްވައި، މިކަމާގުޅޭގޮތުން ވާހަކަފުޅު ދެއްކެވި ކަމަށްވެސް އެ ވުޒާާރާއިން ވިދާޅުވިއެވެ.

ދެ ވަޒީރުންގެ ވާހަކަފުޅަށްފަހު، ޖުލައި މަހުގެ 14 ގައި ވިސާ ޕޮލިސީ އަނެއްކާ ވެސް މުރާޖާކޮށް އާންމުކުރި ނިންމުމުގައި،ތައިލޭންޑް އަށް ވިސާ އާ ނުލައި ދިވެހީންނަށް ދަތުރުކުރެވޭ މުއްދަތު 15 ދުވަހުން 30 ދުވަހަށް އިތުރުކޮށްދީފައިވާ ކަމަަށް ހާރިޖީ ވުޒާރާއިން ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top