މަންތާ އެއާ އަށް އިތުރު ސީޕްލޭނެއް ގެނެސްފި. ޚާއްސަކުރަނީ ބ.އަތޮޅުގައި އޮންނަ ނައުޓިލަސް އަށް

19-21-06-batch_Manta-Air-9.jpg

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ ސީޕްލޭންގެ އިތުރު ބޯޓެއް މަންތާ އެއާ އިން ރާއްޖެ ގެނެސްފިއެވެ.

މި ބޯޓާއެކު މަންތާގެ ސީޕްލޭން ފްލީޓްގެ އަދަދަު 7 އަށް އެރީއެވެ.

ޑީ.އެޗް.ސީ 6 ޓްވިން އޮޓަރ މަރުކާގެ މި ސީޕްލޭން ރާއްޖެ ގެނެސްފައިވަނީ އިއްޔެ ކެނެޑާއިންނެވެ.

މި ސީޕްލޭން ބޭނުން ކުރާނީ ބ. އަތޮޅުގައި ތަރައްގީކޮށްފައިވާ ނައުޓިލަސް މޯލްޑިވްސް ރިސޯޓަށް ފަތުރުވެރިން އުފުލުމަށް ކަމަށް މަންޓާއިން ބުނެއެވެ.

ކޮވިޑް-19 ގެ ކުރިން މަންތާ އެއާގެ ޝެޑިއުލް ދަތުރުތައް ބ.ދަރަވަންދުއަށާއި ދ. ކުޑަހުވަދޫއަށް ކުރަމުން އައިނަމަވެސް ކޮވިޑްގެ ސަބަބުން އެދަތުރުތައް ހުއްޓާލުމަށްފަހު ދާދިފަހުން ވަނީ ކުޑަހުވަދުއަށް އަލުން ޝެޑިއުލް ދަތުރުތައް ވެސް ފަށާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top