މޮބައިލް އިންޓަނެޓްގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް

img_md_202105271047191622094439.0552.jpg

ކޮމިއުނިކޭޝަން އޮތޯރިޓީގެ ސީއީ އިލްޔާސް އަހުމަދު ވާހަކަދައްކަވަނީ.

މޮބައިލް އިންޓަނެޓްގެ އަގުތަކަށް އަންނަ ހުކުރު ދުވަހުގެ ކުރިން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި އޭގެ ކުރިން މުވާސަލާތީ ކުންފުނިތަކުން އަގުތައް އިއުލާންކުރާނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން މިއަދު ބުނެފި އެވެ.

ބައެއް މީޑިއާތަކަށް މިކަމުގެ މައުލޫމާތު ހާމަކުރައްވަމުން ކޭމް ގެ ޗީފް އެގްޒެކެޓިވް އިލްޔާސް އަހުމަދު ވިދާޅުވީ މޮބައިލް އިންޓަނެޓްގެ ޕެކޭޖްތަކަށް ގެންނަ ބަދަލުތައް ކުންފުނިތަކުން ކަނޑައަޅައި ނިންމާފައިވާ ކަމަށެވެ.

އިލްޔާސް ވިދާޅުވިގޮތުގައި ސަރުކާރުގެ ވައުދާ އެއްގޮތަށް އިންޓަނެޓްގެ އަގަށް ގެންނަ ހެޔޮ ބަދަލުގެ ތެރެއިން މޮބައިލް ޑޭޓާގެ އެކި ޕެކޭޖްތަކަށް ހެޔޮ ބަދަލުތަކެއް އަންނާނެއެވެ.

މިދިޔަ ޖުލައި މަހު ފިކްސްޑް ބްރޯޑް ބޭންޑް ޕެކޭޖްތަކުގެ އަގުތަކަށް ބަދަލު ގެނައިރު 30 ޕަސެންޓް އަގުހެޔޮކޮށްފައިވެ އެވެ. އެކަމަކު ފިކްސްޑް ބްރޯޑްބޭންޑާ އެއްވަރުގެ ބަދަލެއް މޮބައިލް އިންޓަނެޓަށް ނުގެންނަ ކަމަށް ވެއެވެ.

ސަރުކާރުގެ އަމާޒަކީ ޑިޖިޓަލް ރާއްޖެއަކަށް ދިވެހިން ގެންދިޔުން ކަމަށް ތިމާވެއްޓާއި ޓެކްނޮލޮޖީ އާއި ގުޅޭ މިނިސްޓަރު އައިމިނަތު ޝައުނާ ކުރިން ވިދާޅުވެފައިވެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top