ސަމާލު: ފޭކު ޑޮލަރު ދައުރުވަމުން އެބަދޭ

gjkj.png

ފޭކު ޑޮލަރުތައް ދައުރުވަމުންދާތީ އެކަމަށް ސަމާލުކަން ދިނުމަށް ފުލުހުން އިލްތިމާސްކޮށްފި އެވެ.

ފުލުހުން ބުނީ މިހާރަކަށް އައިސް 100، 50 އަދި 20 ގެ ޑޮލަރުގެ ފޭކް ނޫޓުތަކެއް ދައުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެފަދަ ޑޮލަރު ބޭނުންކޮށްގެން އެކި ތަންތަނުން ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ މައްސަލަތަކެއް ވެސް ފުލުހުންނަށް ހުށަހެޅި ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.

ސައްހަ ނޫން ޑޮލަރު ބޭނުންކޮށްގެން ވިޔަފާރިކޮށްފައިވާ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ 57 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް އެ މައްސަލަ ވެސް މިހާރު ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

”ސައްހަ ނޫން ޑޮލަރުގެ ނޫޓްތަކެއް ދައުރު ވަމުންދާތީ، މިހާރަށް ވުރެ ބޮޑަށް ސަމާލުކަން ދެއްވައި، ޑޮލަރު މުއާމަލާތް ކުރައްވާ އިރު ޑޮލަރުގެ ސައްހަކަން ކަށަވަރުކުރުމަށް ފަހު ނޫނީ ޑޮލަރުގެ މުއާމަލާތް ނުކުރެވުމަށް ވެސް އިލްތިމާސްކުރަން.“ ފުލުހުން ބުންޏެވެ.

ވަރަށް ފަހުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ވަނީ ޑޮލަރުގެ ފޭކް ނޫޓްތައް ދައުރުވާތީ އެކަމަށް ސަމާލުވާން އިލްތިމާސްކޮށްފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top