ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރަށު ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު އަންނަ މަހަށް ފަސްކޮށްފި.

l_1341925.jpg

ޕީޕީއެމް އިން ބޭއްވި ޖަލްސާއެް--ފޮޓޯ :ސަން.އެމްވީ

ޕީޕީއެމް، ޕީއެންސީ ކޯލިޝަންގެ ރަށު ސްޓިއަރިން ކޮމިޓީތަކުގެ އިންތިހާބު އަންނަ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު ބާއްވާ ގޮތަށް ފަސްކޮށްފިއެވެ.

ކުރިން މި އިންތިހާބު ބާއްވަން ހަމަޖެހިފައި އޮތީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

ޕީޕީއެމްއިން ބުނީ މި އިންތިހާބުގައި ވޯޓުލުމަށް އެ ޕާޓީގެ މެމްބަރަކަށް ވުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 15 ވަނަ ދުވަސް ކަމަށެވެ. އަދި އިންތިހާބުގައި ވާދަ ކުރުމަށް ކެންޑިޑޭޓަކަށް ވުމަށް ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ މިމަހުގެ 20 ވަނަ ދުވަހެވެ.

ސްޓިއަރިން ކޮމިޓީތަކާ ގުޅޭ ދެ އިންތިހާބެއް ކުރިއަށް ގެންދަން ވެސް ޕީޕީއެމް، ޕީއެންސީ އިން ވަނީ ނިންމައިފަ އެވެ. ދެވަނަ އިންތިހާބަކީ އެ ކޮމިޓީތަކަށް ރައީސަކު ހޮވަން ބާއްވާ އިންތިހާބެވެ. އެ އިންތިހާބު ބާއްވާ ތާރީހު އަދި ހާމައެއް ނުކުރެ އެވެ.

މި ކޮމިޓީތަކަށް މެމްބަރުން ހޮވާނީ ރަށުގެ އާބާދީގެ ނިސްބަތަށް ބަލާފައި ހަތް މެމްބަރުން ނުވަތަ ނުވަ މެމްބަރުން ނުވަތަ 11 މެމްބަރުންނެވެ. އަދި ކޮމިޓީގައި އަންހެނުންނަށާއި ޒުވާނުންނަށް ހާއްސަ ސްލޮޓެއް ކަނޑައަޅާފައި ވެ އެވެ. ޕީޕީއެމް ނުވަތަ ޕީއެންސީގެ ރަޖިސްޓްރީވެފައިވާ އުމުރުން 18 އަހަރުވެފައިވާ ކޮންމެ އަންހެނަކަށް އަންހެނުންގެ ސްލޮޓަށް ކުރިމަތިލެވޭނެ އެވެ. ޒުވާނުންގެ ސްލޮޓަށް ކުރިމަތި ލެވޭނީ 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށެވެ.

މި ކޮމިޓީތައް އުފެއްދުމުގެ މަގުސަދަކީ ކޯލިޝަންގެ ހަރަކާތްތައް ރަށްރަށުގައި ހަރުދަނާކޮށް ކުރިއަށްގެންދިއުން ކަމަށް ޕީޕީއެމް ކޯލިޝަނުން ކުރިން ބުނެފައިވެ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top