ކޮރޯނާ ވައިރަސް ނައްތާ ނުލެވިދާނެ – ޑަބްލިއުއެޗްއޯ

thumbs_b_c_af037ca3e497d4dfa187b5f7d3bd0a88.jpg

ކޮރޯނާ ވައިރަސް ނައްތާނުލެވި، އުމުރު ދުވަހު މި ވައިރަސް އާއެކު ދިރިއުޅެން ޖެހިދާނެކަމަށް ދުނިޔޭގެ ސިއްހަތާއި ބެހޭ ޖަމިއްޔާ، (ޑަބްލިޔުއެޗްއޯ) އިންބުނެފި އެވެ.

އޮންލައިންކޮށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑަބްލިއުއެޗްއޯގެ ކުއްލިހާލަތާއި ބެހޭ ގޮފީގެ ތަޖުރިބާކާރު، މައިކް ރަޔާން ވިދާޅުވެފައިވަނީ ދުނިޔެއިން ކޮވިޑް-19 ނައްތާލުމަށް ކުރާ މަސައްކަތް ކާމިޔާބު ނުވެ، މި ބައްޔާއެކު ދާއިމީކޮށް އުޅެން ޖެހުމުގެ ނުރައްކާއެބައޮތް ކަމުގައެވެ.

ޑރ. ރާޔަން ވިދާޅުވީ މި ހަގީގަތާއި ކުރިމަތިލާން ޖެހިފައިވާ ކަމަށާ ބަލިން ސަލާމަތްވާނެ ދުވަހެއް އެކަކަށް ވެސް ބުނަން ނޭނގކަމަށެވެ. އެކަން ފާހަގަކޮށް މައިކް ވަނީ އެފަދަ ހާލަތަކަށް ދުނިޔެ ތައްޔާރުވާން ޖެހޭކަމަށް ވިދާޅުވެފައެވެ.

ޑރ. ރަޔާން ވިދާޅުވީ ވެކްސިނެއް އުފެއްދި ކަމުގައިވިޔަސް ކޮވިޑުން އެކީ ސަލާމަތް ވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ވަރަށް ގިނަ ކަމަށެވެ.

”މިވާހަކަތައް ދައްކަން ޖެހޭ. މި ވައިރަސް އަކީ އަހަރެމެންނާ އެކީ އަބަދު އުޅޭނެ އެއްޗަކަށް ވެދާނެ. އަދި އެއްކޮށް ނައްތައިނުލެވިދާނެ” ޑރ ރަޔާން ވިދާޅުވިއެވެ.

“މިސާލަކަށް އެޗްއައިވީ ވެސް ނައްތައެއް ނުލެވޭ. އެކަމަކު އެއާއެކު ދިރިއުޅެން އެނގިފަ މިތިބީ. އަހަރެންނަކަށް ގަބޫލެއް ނުކުރެވޭ މި ބަލި އެއްކޮށް ނައްތައިލެވޭނެ ދުވަހެއް އެކަކަށްވެސް ބުނަން އެނގޭނެހެނެއް.” އޭނާ އިތުރަށް ވިދާޅުވިއެވެ.

މި ބަލީގައި ތިން ލައްކައަށް ވުރެ ގިނަ މީހުން މިހާރު މަރުވެފައިވާއިރު 4.3 މިލިއަނަށްވުރެ ގިނަ މީހުނަށް ވަނީ ބަލި ޖެހިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top