ކޮވިޑް-19: މަންޑޭގެ އެހީތެރިކަން ކުޑަރިކިލަށް

Mandey.jpg

ކޮވިޑް-19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ސާމާނު، ކޭޕާކް ރެސިޑެންސްގެ ވެރިޔާ އަދި ހަމްބޯ ކުންފުނީގެ ވެރިޔާ ހަސަން މަމްދޫހް (މަންޑޭ) ބ.ކުޑަރިކިލަށް ހަދިޔާ ކުރައްވައިފިއެވެ.

ކުޑަރިކިލަށް މަންޑޭ ހަދިޔާ ކުރައްވާފައިވަނީ 700 މާސްކާއި 50 ސެނެޓައިޒާ ފުޅިއެވެ.

ކުޑަރިކިލާއެކު ޖުމްލަ 12 ރަށަކަށް މަންޑޭ ވަނީ ކޮވިޑް -19 އިން ރައްކާތެރިވުމަށް ބޭނުންވާ ބައެއް ސާމާނު، ހަދިޔާ ކުރައްވާފައެވެ.

މަންޑޭ ހަދިޔާ ކުރެއްވި ތަކެތި ހަވާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާއަކަށް ނިސްބަތްވާ މެންބަރުންނާއެވެ.

މަންޑޭ ވަނީ އައިޖީއެމްއެޗާއި އެމްއެންޑީއެފް އަށްވެސް މާސްކާއި ސެނެޓާއިޒާ އަދި ބައެއް އެހެން ސިއްޙީ ސާމާނު ހަދިޔާ ކުރައްވާފައެވެ. އަދި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) އާއި ގއ.އަތޮޅާއި އައްޑޫ ސިޓީއަށް ވެސް ގިނަ އަދަދެއްގެ މާސްކާއި ސެނެޓައިޒާ ހަދިޔާކުރެއްވި އެވެ.

ބައެއް ވިޔަފާރިވެރިން އަންނަނީ ކޮވިޑް-19 އާއިގުޅިގެން ރަށްރަށާއި ފްރޮންޓް ލައިންގައި މަސައްކަތްކުރައްވާ ފަރާތްތަކަށް މިކަހަލަ އެހީތެރިކަން ދަނީ ވެދައްވަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top