އިންޓަރއޮފީސް ބެޑްމިންޓަން މުބާރާތުގެ ގުރުއަތުލައިފި

DSC_0948.jpg

އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ގުރުނެގުމުގެ ރަސްމީޔާތު- އީޓީ ފޮޓޯ:ރާއިފް ޔޫސުފް

ބ.އަތޮޅު ކައުންސިލްގެ ފަރާތުން ބާއްވާ އިންޓަރ އޮފީސް ބެޑްމިންޓަން މުބާރާތުގެ ގުރުއަތުލުން މިއަދު އަތޮޅު ކައުންސިލްގައި ބާއްވައިފިއެވެ.

އޭދަފުށީގައި ގާއިމްކޮށްފައިވާ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތު ގައި ހަ ޓީމް ބައިވެރިވެއެވެ. މި ހަ ޓީމް ދެ ގްރޫޕަށް ބަހާލާފައިވާއިރު ގްރޫޕް އޭ ގައި ހިމެނެނީ އޭދަފުށި ޕޮލިސް ، އެސްޓީއޯ މީޑިއާގެ އިތުރުން ބ.އަތޮޅު ހޮސްޕިޓަލް ޓީމެވެ.

ގްރޫޕް ބީ ގައި ހިމެނެނީ ބ.އަތޮޅު ކައުންސިލް އާއި ބަޔޯސްފިޔާ އާއި އުރީދޫ ގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް އާއި ބ.އަތޮޅު ތައުލީމީ މަރުކަޒެވެ.

މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިމަހުގެ 25ވަނަ ދުވަހުއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top