އަތޮޅުތެރޭގައި ކޮވިޑް ފެތުރުން އިތުރުވަނީ!

AF1A0173-scaled-e1596735449786.jpg

ކޮވިޑަށް ސާމްޕަލް ނެގުމަށް ހަރަކާތްތެރިވާ ޓީމެއް---ފޮޓޯ :ހަފްތާ

މާލެ ސިޓީގެ އިތުރުން އަތޮޅުތެރޭގައި ކޮވިޑް ފެތުރުން އިތުރުވަމުން ދާކަމަށް އެޗްޕީއޭގެ ހިސާބުތަކުން ދައްކައިފި އެވެ.

އެޗްޕީއޭ އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި އިއްޔެ ހަވީރު 06:00 ޖެހުމާއި ހަމައަށް މާލޭގެ އިތުރުން 32 ރަށެއްގައި، 68 މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 58 ދިވެހިންނާއި 6 ބިދޭސީންނެވެ. މީގެ ތެރެއިން އެކަކު ފިޔަވާ ހުރިހާ އެންމެން ވެސް ބައްޔަށް ޕޮޒިޓިވް ވެފައިވަނީ ހޯމް ކަރަންޓީނުގައި ހުއްޓައެވެ.

ކޮވިޑް-19 ފެނިފައިވާ ރަށްރަށް:

  • ކ. މާފުށި (2 ދިވެހިން)
  • ކ. ގުޅި (1 ދިވެއްސަކު)
  • ކ. ތުލުސްދޫ (2 ދިވެހިން)
  • ކ. ހިންމަފުށި (3 ދިވެހިން)
  • ކ. ދިއްފުށި (1 ދިވެއްސަކު)
  • ކ. ގުރައިދޫ (1 ދިވެއްސަކު)
  • ރ. އިނގުރައިދޫ (1 ދިވެއްސަކު)
  • ރ. ދުވާފަރު (4 ދިވެހިން)
  • ރ. ކިނޮޅަސް (1 ބިދޭސީއެއް)
  • ރ. ހުޅުދުއްފާރުން (2 ދިވެހިން)
  • ސ. ފޭދޫ (3 ދިވެހިން)
  • ސ. ހިތަދޫ (4 ދިވެހިންނާއި އެއް ބިދޭސީއެއް)
  • ސ. މަރަދޫ (1 ބިދޭސީއެއް)
  • ފ. ނިލަންދޫ (7 ދިވެހިން)
  • ހދ. ކުރިންބީ (1 ދިވެއްސަކު)
  • ނ. މިލަދޫ (2 ދިވެހިން)
  • އދ. މާމިގިލި (1 ދިވެއްސަކު)
  • އދ. އޮމަދޫ (1 ދިވެއްސަކު)
  • ވ. ކެޔޮދޫ (1 ބިދޭސީއެއް)
  • ވ. ތިނަދޫ (2 ދިވެހިން)
  • ތ. މަޑިފުށި (1 ދިވެއްސަކު)
  • ތ. ވިލުފުށި (1 ދިވެއްސަކު)
  • ތ. ތިމަރަފުށި (1 ދިވެއްސަކު)
  • ތ. އޮމަދޫ (4 ދިވެހިން)
  • ޅ. ހިންނަވަރު (2 ދިވެހިން)
  • ލ. ގަން (1 ދިވެއްސަކު)
  • ދ. ރިނބުދޫ (5 ދިވެހިން)
  • ފ. ދަރަނބޫދޫ (1 ބިދޭސީއެއް)
  • މ. މުލައް (3 ދިވެހިން)
  • ބ. އޭދަފުށި (1 ދިވެއްސަކު)
  • ފ. ބިލެއްދޫ (1 ދިވެއްސަކު)
  • ގއ. ވިލިނގިލި (1 ދިވެއްސަކު)

މީހުން ދިރިއުޅޭ ރަށްރަށުގެ އިތުރުން 10 ރިސޯޓަކުން ވެސް ކޮވިޑް-19 ގެ ކޭސްތައް ވަނީ ފެނިފައެވެ. މިވަގުތު ކޮވިޑް-19 އަށް ފައްސިވެފައިވާ 9 ފަތުރުވެރިއަކާއި 23 މުވައްޒަކު ރިސޯޓުތަކުގައި ތިބި ކަމަށް އެ އިދާރާއިން ވަނީ ހާމަކޮށްފައެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު އައިސޮލޭޝަން ފެސިލިޓީތަކުގައި 1460 މީހަކު އެބަ ތިއްބެވެ. ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައި ތިބީ 173 މީހެކެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 28 މީހަކު ވަނީ ނިޔާވެފަ އެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top