ހިތާދޫއަށް “ބޮޑު އީދުބެ” އަރައި ބިރުދައްކާލައިފި؟!

ދފ.jpg

ރޭ ފަތިސްނަމާދަށްފަހު ހިތާދޫއަށް އީދުބޭ އަރައި މަގެއްގެ މަތީގައި ބޭންޖަހަމުން ދަނީ / އީވީ ފޮޓޯ ހިތާދޫން އަބްދުﷲ އަބްދުއްރައްޒާގް

އީދުގެ ކުޅިވަރުތައް ފެށުމުގެ ގޮތުން މިއަދު ފަތިސްނަމާދަށްފަހު ބ. ހިތާދޫއަށް އަށްފޫޓް ދިގު އީދުބެ އަރައި ރައްޔިތުންނަށް “ބިރުދައްކާލައިފި”އެވެ.

އީދުބޭއަކީ އެރަށަށް އީދު އައިސްފިކަން އަންގައިދިނުމަށް އެރަށުގެ ކާބަފައިން މީގެ އެތައް އަހަރެއްކުރިން ކުޅެމުން އަންނަ ކުޅިވަރެކެވެ. ފަނުންނާއި، އެހެނިހެން އާލާތްތައް ބޭނުންކޮށްގެން ހަދާ އީދުބޭގެ އިސްކޮޅުގައި އަށްފޫޓާ ދިހަފޫޓާ ދެމެދުގެ އަދަދެއް ހުންނައިރު އެބޭ ހިނގާފައި ރަށުތެރޭގައި ދާނީ އޭގެ ތެރެއަށް މީހަކު އެރިހުރެގެން ކަމަށް ހިތާދޫ ކައުންސިލުން ބުނެއެވެ.

ހިތާދޫ ކައުންސިލްގެ ޒިންމާދާރުވެރިޔާ ވާފިރު ހާރޫން އީވީއަށް ވިދާޅުވީ އީދު ފެށުމުގެ ގޮތުން އީދުބޭ ރަށަށް އަރައި، ބޮޑުބެރުގެ ހަރަކާތަކާއެކު ފަތިހު ރަށުގެ ބޮޑު މަގުތަކުގައި ހިނގައި ރައްޔިތުންނަށް ދައްކާލާފައިވާ ކަމަށެވެ. އޭނާ ބުނީ ބ. އަތޮޅުގައި ހަމައެކަނި މިކުޅިވަރު އަދި ކުޅެމުންއަންނަނީ ހިތާދޫގައިކަމަށާ، މިއީ އެރަށުގެ ކާބަފައިން މީގެ އެތައް އަހަރެއްކުރިން އުފައްދައި ކުޅެމުން އަންނަ ކުޅިވަރެއްކަމަށެވެ.

“ވަރަށް ގިނަ ބަޔަކު ޝައުގުވެރިވޭ މިއައިޓަމަށް ކޮންމެ އަހަރަކުވެސް. އީދުބޭ ފަތިސްނަމާދަށްފަހު ރަށުތެރެއަށް އަރައިގެން އަންނާނީ ހުޅަނގު ފަރާތު މޫދުން. އިދުބޭ އެރުމަކީ ރަށަށް އީދު އައީކަން އަންގައިދިނުން. މީގެ ބައިގަރުނު ކުރިންވެސް މިކުޅިވަރު ހަމަ މިގޮތަށް ކާބަފައިން ކުޅެމުން އާދޭ. އަޅުގަނޑަށް އެނގޭ ގޮތުގައި މިކުޅިވަރު ރާއްޖޭގައިވެސް މިކުޅެނީ މިރަށުގައި އެކަނި” ވާފިރު ވިދާޅުވިއެވެ.

ރޭ ފަތިސްނަމާދަށްފަހު ހިތާދޫއަށް އީދުބޭ އަރައި މަގެއްގެ މަތީގައި ބޭންޖަހަމުން ދަނީ / އީވީ ފޮޓޯ ހިތާދޫން އަބްދުﷲ އަބްދުއްރައްޒާގް

ވާފިރު ވިދާޅުވީ އީދުގެ ކުޅިވަރު ތަކުގެ ތެރޭގައި މިއަހަރުވެސް ބޮޑަށް ފާހަގަވެގެންދާނީ ސަގާފީ ކުޅިވަރުތައް ކަމަށާ، ޒަމާނީ ކުޅިވަރުތައްވެސް ކުރިޔަށް ދާނޭކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top