ބިންހިއްކާ ބޯޓް އޭދަފުއްޓަށް އަތުވެއްޖެ

ބިންހިއްކާ ބޯޓް މިއަދު އޭދަފުއްޓާދިމާ ކަނޑުގައި ބަނދަރުކޮށްފައި / ފޮޓޯ: ފޭސްބުކް

ބިންހިއްކާ ބޯޓް މިއަދު އޭދަފުއްޓާދިމާ ކަނޑުގައި ބަނދަރުކޮށްފައި / ފޮޓޯ: ފޭސްބުކް

އޭދަފުށީގެ ބިންހިއްކުމަށްޓަކައި ބޮސްކާލިސް އިންޓަނޭޝަނަލްގެ ކޮންނަބޯޓް މިއަދު އޭދަފުއްޓަށް އަތުވެއްޖެއެވެ

މިއަދު މެންދުރު ކުރި އޭދަފުއްޓަށް ބޯޓު ބަނދަރުކުރި އިރު މާދަމާ ބިންހިއްކުމަށް ވާންޖެހޭ ތައްޔާރީތައް ފަށައިގަންނާނެކަމަށް އޭދަފުށީ ކައުންސިލުން ބުނެއެވެ. ކައުންސިލް މެމްބަރ މުހައްމަދު ރިޒާ މިއަދު ވިދާޅުވީ ބިންހިއްކުމަށްޓަކައި ބޭނުންކުރާ އެހެނިހެން ސާމާނުތައްވެސް މިރޭ ދަންވަރު އޭދަފުއްޓަށް ވަންނާނެކަމަށެވެ.

“ހީވަނީ މާދަމާ ހޮޅިލައިން ސެޓްކޮށް ހަވީރު ވެލިއަޅަން ފަށާނެކަމަށް” ރިޒާ އީވީއަށް ވިދާޅިވިެއެވެ.

ބިންހިއްކާ ބޯޓާ، ކަމާބެހޭ ސާމާނު އޭދަފުއްޓަށް ގެންނަމުންދާއިރު، މިމަޝްރޫއު ފެށުމަށްޓަކައި ހޮނިހިރު ދުވަހު އޭދަފުށީގައި ބާއްވާ ރަސްމިއްޔާތަށް ފޯރިއާއެކު ރަށް ޒީނަތްތެރިކުރުމުގެ މަސައްކަތް ކުރަމުން ދާކަން ފާހަގަކުރެވެއެވެ.އެގޮތުން ދެކުނުފަރާތުގައި ދަރުބާރުގެއެއް އެޅުމުގެ މަސައްކަތް މިހާރުވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި ރަށުގެ ބައެއް ސަރަހައްދުތަކުގައި ދިދަދަމާނެކަމަށްވެސް ހަބަރުލިބެއެވެ.

ރާއްޖޭގެ ހަތަރު ރަށެއްގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން ކުރިޔަށްދާ އޭދަފުށީ ބިންހިއްކުމުގެ މަޝްރޫއަށް ސަރކާރުގެ ބަޖެޓުން 125 މިލިޔަން ރުފިޔާ ހޭދަކުރެއެވެ. އޭދަފުށިން ހިއްކަން ހަމަޖެހިފައިވަނީ 25.9 ހެކްޓަރުކަމަށް ކައުންސިލުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top