އޯލެވެލް އިމްތިހާނުގެ ގަދަ10 އިއުލާންކުރުން އޮގަސްޓް5ގައި

ބ. އަތޮޅު ތައުލީމީ މަރުކަޒު. ޓޕް10ގައި މިއަހަރުވެސް މި ސްކޫލްގެ ދަރިވަރުން ހިމެނޭ.

ބ. އަތޮޅު ތައުލީމީ މަރުކަޒު. ޓޕް10ގައި މިއަހަރުވެސް މި ސްކޫލްގެ ދަރިވަރުން ހިމެނޭ.

ވޭތުވެދިޔަ އަހަރު އޯލެވެލް އިމްތިހާނުގައި ބައިވެރިވެ ގަދަ10 އަކަށް ހޮވުނުދަރިވަރުން އިއުލާންކުރުމުގެ ޖަލްސާ އަންނަމަހު 5ގައި ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.އެޑިއުކޭޝަންމިނިސްޓްރީން ހާމަކުރިގޮތުގައި މިޖަލްސާގައި ގަދަ 10 އަކަށް ހޮވުނުދަރިވަރުންނާއި ހުރިހާ މާއްދާއަކުން އެންމެރަނގަޅު ނަތީޖާހޯދި ދަރިވަރުންގެ އިތުރަށް ދުނިޔޭގެފެންވަރުގެ ވަނަތައް ހޯދި ދަރިވަރުންގެ ނަންތައްވެސް އިއުލާންކުރުން އެރޭގެޖަލްސާގައި އޮންނާނެއެވެ.

އޯލެވެލް އިމްތިހާނުގައި މިދިޔައަހަރު ރާއްޖޭގެ 174ރަށުން 7202 ކުދިން ބައިވެރިވިއެވެ. އޭގެ ތެރެއިން 469 ކުދިންވަނީ ގަދަ 10ގެ ޖާގަ ކަށަވަރުކޮށްފައެވެ. އެކަމަކު މިއީ 2013ވަނައަހަރާ އަޅާ ބަލާއިރު 10 ކުދިން މަދުއަދަދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top