ބީއެމްއެލްގެ ކޮމިއުނިޓީ ފަންޑަށް ޕޮރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

l_1576564740669Ym.jpeg

ބީއެމްއެލް ކޮމިޔުނިޓީ ފަންޑުން އެހީވެގެން ކިހާދޫގައި ހަދާފައިވާ ކޮމިޔުނިޓީ ޕާކް. -- ފޮޓޯ/ ބީއެމްއެލް

އަތޮޅުގެ ރަށްރަށްތަކުގެ އިޖްތިމާއީ ތަރައްގީއަށް އެހީވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް ) އިން ތައާރަފްކޮށްފައިވާ ”އަހަރެންގެ ބޭންކު، ކޮމިއުނިޓީ ފަންޑް“އަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވާލައިފި އެވެ.

ބޭންކުން ބުނީ ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލައިފައިވާ ކަމަށާއި، މިއީ މި ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާ ތިންވަނަ ފަހަރު ކަަމަށެވެ. މި ފިޔަވަހީގައި މި ފަހަރު އެފަންޑުން 10 ޕްރޮޖެކްޓަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އެގޮތުން ތަޢުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައަށް ފައިދާކުރާނެ ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓް ތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެ ކަމަށާއި، ކޮންމެ ޕްރޮޕޯސަލް އެއްގައި ހިމެނޭ ހަރަކާތް ހިންގުމަށްޓަކައި 50,000 ރުފިޔާ ދިނުމަށް ކަނޑައެޅިފައިވާކަމަށް ބޭންކުން ބުނެއެވެ.

ބީއެމްއެލް އިން ބުނެފައިވާގޮތުން، ޕްރޮޕޯސަލް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 21 ވަނަ ދުވަހެވެ. ޕްރޮޕޯސަލް ހުށަހަޅާނީ [email protected] އީމެއިލް މެދުވެރިކޮށެވެ.

މި ފަންޑުގެ ދަށުން މިހާތަނަށް ވަނީ 25 ރަށެއްގައި މުޖުތަމައަށް ފައިދާކުރާ ޕްރޮޖެކްޓްތަކެއް ހިންގުމަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މި ފަންޑުގެ އެޙީގައި ހިންގާފައިވާ ބައެއް މަޝްރޫތަކަށް ބަލާއިރު، ބ.ކިހާދޫގައި ކުޑަކުދިންގެ ޕާކެއް ހެދުމާއި ނ. ހޮޅުދޫގައި މަސްކަނޑާ ތަނެއް ހެދުމާއި، ހުޅުމީދޫ ކޯގަންނު ސަރަހައްދު ތަރައްގީކުރުން  ފާހަގަކޮށްލެވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top