ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯއިން އަންނަ ރަމަޟާން މަހަށް ރާއްޖެ ގެންނަ ފިޔާ ބިސް އަލުވީގެ އަގު ހެޔޮކޮށްފި އެވެ.
އެސްޓީއޯ އިން ރަމަޟާން މަހަށް ޚާއްސަކުރި އަގުތަކަށް ބަލާއިރު ފިޔާ ކިލޯއެއް އަގަކީ 9.50ރުފިޔާ އެވެ. ފިޔާ ބަސްތާއެއްގެ އަގަކީ 200 ރުފިޔާ އެވެ. ވަކިން ބިހެއް 1.40 ލާރިއަށް ލިބޭއިރު ބިސް ކޭހެއްގެ އަގަކީ 265 ރުފިޔާއެވެ. އަދި އަލުވި ބަސްތާއެއް 185 ރުފިޔާ އަށް ލިބޭ އިރު ވަކިން އަލުވި ކިލޯއެއްގެ އަގަކީ 9 ރުފިޔާ އެވެ.
Perishables new stock will now be available for Wholesale & Retail 😊 pic.twitter.com/So91UAt13D
— STO People's Choice (@stopcmv) March 30, 2021
ކޮންމެ އަހަރެއްގެ ރޯދަމަހަށް ޚާއްސަކޮށްގެން އެސްޓީއޯ އިން އަންނަނީ އާއްމު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ފިޔާ އަލުވީ އަދި ބިހުގެ އަގުހެޔޮ ކުރަމުންނެވެ.




